ގަމުގައި ތިން ފުޓްސަލް ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

ލ. ގަމުގައި ތިން ފުޓްސަލް ދަނޑުއަޅަން ހެބިޓެޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން----

ލ. ގަމުގައި ތިން ފުޓްސަލް ދަނޑުއަޅަން ހެބިޓެޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.

އެ އެއްބަސްވުމުގައި ގަން ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް ސޮއިކުރެއްވިއިރު ހެބިޓެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް އަބްދުލް ހަލީމްއެވެ.

އެ އެއްބަސްވުމުގެ ދަށުން އަޅާ އެއް ދަނޑަގެ ހުރިހާ ހަރަދެއް ކުރާނީ ޔޫތު މިނިސްޓްރީއިންނެވެ. އެ ދަނޑަށް 1.13 މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަނެއް ދެ ދަނޑަށް ހަރަދުކުރާނީ ގަން ކައުންސިލްގެ ބަޖެޓުންނެވެ. އެ ދެ ދަނޑަގެ ތެރެއިން ކޮންމެ ދަނޑަކަށް 880،669.20 ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ހުރިހާ ދަނޑުތަކެއްވެސް ހަވާލުކުރީ 30 ދުވަހުން ނިންމާ ގޮތަށެވެ.

އެގޮތުން އަޅާ ދަނޑުތަކުގައި 45 މީޓަރު، 27 މީޓަރު ހުރެއެވެ.

ލ. ގަމުގެ ޒޯން ސްޓޭޑިއަމްގައި އެމްޓީސީސީން ސަބްކޮންޓްރެކްޓްއަކާ ހަވާލުކޮށްގެން މިހާރުވެސް ދަނީ ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް