ޕާކިސްތާން ސަރުކާރުން ރާއްޖެއަށް 69 ލެޕްޓޮޕް ހަދިޔާކޮށްފި

ލެޕްޓޮޕްތައް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން----ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޕާކިސްތާން ސަރުކާރުން ރާއްޖެއަށް 69 ލެޕްޓޮޕް ހަދިޔާކޮށްފި އެވެ.

މިއަދު ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ލެޕްޓޮޕްތައް ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަސީމް އަކްރަމްއެވެ. އަދި އެ ލެޕްޓޮޕްތަކާ ހަވާލުވެެލެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

މިއީ ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ލެޕްޓޮޕް ހަދިޔާކުރެއްވި ތިން ވަނަ އަހަރެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ލެޕްޓޮޕްތައް ބޭނުންކުރާނީ މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް އެވޯޑް ކުރުމަށް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރު ވިދާޅުވީ އެގައުމުން އަބަދު ވެސް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. ޢާއިޝަތު އަލީ ވަނީ ޕާކިސްތާން ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސިއްހީގޮތުން ރަނގަޅު ދުޅަހެޔޮ ހަށިހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން ދަރިވަރުން ކުޅިވަރުކުޅޭނެ ސާމާނު ވެސް ޕާކިސްތާން ސަރުކާރުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް