ޓްރެއިން ޓު ބުސާންގެ ދެވަނަ ބައި އަންނަ އޯގަސްޓުގައި!

ޓްރެއިން ޓު ބުސާންގައި ގޮންގް ޔޫ: ދެވަނަ ފިލްމުން އޭނާ ފެނިގެނެއް ނުދާނެ --- ފޮޓޯ : ސޫމްޕީ

މިހާތަނަށް ނެރެފައިވާ އެންމެ މަގުބޫލު އެއް "ޒޯމްބީ" ފިލްމު ކަމަށްވާ "ޓްރެއިން ޓު ބުސާން"ގެ ދެ ވަނަ ބައި އަންނަ އޯގަސްޓު މަހުގައި ރިލީޒުކުރުމަށް ތައްޔާރުވެއްޖެ އެވެ.

ހޮލީވުޑްގެ މޮޅެތި ޒޯމްބީ ފިލްމުތަކާ ވާދަކޮށްފައިވާ ދެކުނު ކޮރެއާގެ ޓްރެއިން ޓު ބުސާން ފިލްމު 2016 ވަނަ އަހަރުގައި އެޅުވުމާ އެކު ވެގެން ގޮސްފައި ވަނީ ބޮޑު ހިޓަކަށެވެ.

ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި ޓްރެއިން ޓު ބުސާންގެ އާ ބައެއް ނެރޭނީ އަންނަ އަހަރުގެ އޯގަސްޓު 12 ގަ އެވެ.

އެ ފިލްމަށް ކިޔުމަށް ހަމަޖެހިފައި ވަނީ "ޕެނިންސިއުލާ" އެވެ.

އެ ފިލްމުގެ ޝޫޓިން ވަނީ މިދިޔަ ޖޫން މަހުގައި ފަށައިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ފިލްމުން ފެނިގެންދާނީ ފުރަތަމަ ބައިގައި ސަލާމަތްވި ފަރާތްތައް ކޮރެއާ ދޫކޮށް އެހެން ސަރަހައްދަކަށް ދާން އުޅޭ މަންޒަރެވެ.

ޓްރެއިން ޓު ބުސާންގެ ފުރަތަމަ ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވާ ގޮންގް ޔޫ، އާ ފިލްމުން ފެނިގެނެއް ނުދާނެ އެވެ.

comment ކޮމެންޓް