ރާގިނީ އެމްއެމްއެސް ރިޓާންސް އަށް އަންތަރާ

އެކްތާ ކަޕޫރުގެ ވެބް ސީރީޒް ރާގިނީ އެމްއެމް އެސްރިޓާންސް ސީޒަން 2 އަށް ކަސޯޓީގައި މުހިއްމި ރޯލެއް ކުޅުނު އަންތަރާ ބެނަރުޖީ ސޮއިކޮށްފި އެވެ.

މީގެ ވެބް ސީރީޒްއެއް ހަދަން ނިންމި އިރު މީގެ ކުރިން ވަނީ އެ ނަމުގައި ފިލްމެއް އުފައްދާ ގެނެސްދީފަ އެވެ. ސީރީޒްގެ ޕޯސްޓަރު މިހާރު އާންމުކޮށްފައިވާ އިރު އެ ސީރިޒްގައި ސަނީ ލިއޯން ވެސް ހަރަކާތްތެރިވާނެ އެވެ. އަދި ވަރުން ސޫދު އަދި ދިވްޔާ އަގަރްވާލް ވެސް ރާގިނީ އެމްއެމްއެސް އިން ފެނިގެންދާނެ އެވެ.

އަންތަރާ ބުނީ އޭނާ އެ ރޯލު ކުޅުމަށް ކެތްމަދުވެފައިވާ ކަމަށާއި ރޯލު ކުޅެން ލިބުމުން ވަގުތުން އެ ރޯލު ކުޅެން އެއްބަސްވި ކަމަށެވެ. އޭނާގެ އެންމެ މޮޅު އެކްޓިން ދައްކަން މަސައްކަތް ކުރާނެ ކަމަށް ވެސް އަންތަރާ ބުންޏެވެ.

comment ކޮމެންޓް