މާލޭގައި މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގެންފި

11 ޖުލައި 2018: ދަރުމަވަންތަ ހޮސްޕިޓަލު މަތިން މާލެ --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އަމީރު އަހުމަދު މަގުގައި މީހަކަށް ހަމަލާދިނުމަށް ފަހު ފައިސާތަކަކާއި ފޯނެއް ފޭރިގެންފި އެވެ.

ފުލުހުން ބުނީ، މިއަދު މެންދުރު މީހަކަށް ހަމަލާދީ 2800 ޑޮލަރާއި ފޯނެއް ފޭރިގެންފައިވާ ކަމަށެވެ. އެ ހާދިސާ ހިނގައި ދިޔައީ މަޖީދިއްޔާ ސްކޫލު ކައިރީގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނަށް އެ ފޭރުމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 13:55 ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް