އާދީއްތަ ދުވަހު ވީއައިއޭއިން ރެކޯޑެއް، 226 ރަންވޭ މޫވްމަންޓްސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ/ އެމްއޭސީއެލް

މި މަހުގެ ފުރަތަމަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ރަންވޭ މޫވްމަންޓްސް ރިކޯޑު މިންވަރަކަށް އިތުރުވެ، 226 އަށް އަރައިފި އެވެ.

އެމްއޭސީއެލްއިން ބުނީ ޑިސެމްބަރު 1 ވީ އާދީއްތަ ދުވަހު ޖުމްލަ 226 ރަންވޭ މޫވްމަންޓްސް ވީއައިއޭއިން ރިކޯޑު ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ޑޮމެސްޓިކް: 121
  • އިންޓަނޭޝަނަލް: 102
  • އެޑްހޮކް (ޝެޑިއުލް ނޫން ފްލައިޓްތައް): 3

މީގެ ކުރިން ވީއައިއޭގެ ރަންވޭ މޫވްމަންޓްސްގެ ރިކޯޑަކީ 219 އެވެ. އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެ ރަންވޭގެ މޫވްމަންޓްސް އަދަދެވެ.

އޭގެ ކުރިން އޮތް ރިކޯޑަކީ 2018 ގެ ޖެނުއަރީ 6 ވަނަ ދުވަހުގެ 214 ރަންވޭ މޫވްމަންޓްސް އެވެ.

comment ކޮމެންޓް