އާދިއްތަ ދުވަހުން ފެށިގެން ހައިކޯޓް ރިސެސްއަށް ދާން ނިންމައިފި

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އާދިއްތަ ދުވަހުން ފެށިގެން ހައިކޯޓް ރިސެސްއަށް ދާން ކަނޑައަޅައިފި އެވެ.

ހައިކޯޓުން މިއަދު ބުނީ އެގޮތަށް ރިސެސްއަށް ދާން ކަނޑައެޅީ، ހައިކޯޓު ހިންގުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ރިސެސްއަށް ދިޔަ ނަމަވެސް ބައެއް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިޔުމަށް ފަނޑިޔާރުންގެ އާއްމު މަޖިލީހުން މިހާރު ނިންމާފައިވާ ކަމަށް ވެސް ހައިކޯޓުން ބުންޏެވެ.

އޭގެ ތެރޭގައި ކުއްލި މައްސަލަތަކާއި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގެ އިތުރުން ކޮންމެހެން ހިންގަން ޖެހޭ އަވަސް ތަބީޢަތުގެ މައްސަލަތައް ހިމެނެއެވެ. އޭގެ އިތުރުން މައްސަލައިގެ ބެންޗު ހަމަވާނަމަ، ދެ ފަރާތުގެ ރުހުމާ އެކު، އަޑުއެހުން ނިމިފައި، ހުކުމް ކުރަން ހުރި މައްސަލަތައް ބަލާނެކަމަށް ހައިކޯޓުން ބުންޏެވެ.

ކޮންމެ އަހަރަކު ވެސް ޑިސެމްބަރު މަހު ހައިކޯޓާއި ސުޕްރީމް ކޯޓު ރިސެސްއަށް ދެ އެވެ.

comment ކޮމެންޓް