34 މީހުންނާއެކު ސަފާރީއެއް ގިރިއަކަށް އަރައިފި

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ތިރީސް ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް ގިރިއަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ "އިރުވައި" ނަމަކަށް ކިޔާ މި ސަފާރީ އެރީ އދ. މޫފުށީގެ ދެކުނުން 4.7 ނޯޓިކަލް މޭލު ބޭރުގައި އޮތް ގިރިއަކަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އޭގައި ދަތުރުކުރި 34 މީހުންގެ ތެރެއިން 22 މީހުންނަކީ ފަތުރުވެރިން ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ މިއަދު ހަވީރު 4:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރޮންއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

comment ކޮމެންޓް