ފައްޔާޒު ފިޔާޒަށް: އެމްޑީޕީން ހުށަހަޅަން ޖެހޭ ރިޕޯޓެއް ހުށަނާޅައެއް ނޯންނާނެ

"މާއްދާ 29، މިވެސް ހައްގެއް" ކެމްޕޭން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ފައްޔާޒް --

ސިޔާސީ ޕާޓީތަކުން ހުށަހަޅަން ޖެހޭ ރިޕޯޓްތަކުގެ ތެރެއިން އެމްޑީޕީން މިހާތަނަށް ހުށަހަޅަން ޖެހޭ ރިޕޯޓްތަކުގެ ތެރެއިން އެއްވެސް ރިޕޯޓެއް ހުށަނާޅައި ނޯންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގައި ހިމެނޭ މާއްދާއަށް އަހުލުވެރިކުރުމަށް ކެމްޕޭން ލޯންޗުކުރުމަށް މިއަދު ބޭއްވި ހަފްލާފައި އެމްޑީޕީން ހުށަހަޅަން ޖެހޭ ރިޕޯޓް ހުށަނާޅާ ކަމަށް ބުނެ ހިޔާލުތަފާތުވުންތަކެއް އެމްޑީޕީގެ އިސް ދެ ބޭފުޅެއްގެ ދެމެދުގައި ވަނީ ފެނިގެންގޮސްފަ އެވެ.

އެގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހުސެން ފިޔާޒް މޫސާ ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމާ ބެހޭ ގާނޫނޫގެ 42 ވަނަ މާއްދާގެ ދަށުން ކޮންމެ މުވައްސަސާއަކުން ވެސް އިންފޮމޭޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭ ރިޕޯޓްތައް މިދިޔަ ފަސް އަހަރު ހުށަހަޅާފައި ވަނީ ވަރަށް މަދު މުވައްސަސާތަކުން ކަމަށެވެ.

"މާއްދާ 29، މިވެސް ހައްގެއް" ކެމްޕޭން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ފިޔާޒް ވަހަކަ --

އެގޮތުން އެ ރިޕޯޓް ނިމިގެން ދިޔަ ދެ އަހަރު ސިޔާސީ އެއްވެސް ޕާޓީއަކުން ހުށަހަޅާފައި ނުވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

"ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ހުށަހަޅަން ޖެހޭ ރިޕޯޓްއެއް އެއީ. ދެހާސް ސޯޅަ ވަނަ އަހަރު ދެ ޕާޓީއަކުން ހުށަހެޅި. ފާއިތުވި ފަސް އަހަރު 6000 ރިޕޯޓް އެކި މުވައްސަސާތަކުން ހުށަހަޅަން ޖެހޭއިރު ހުށަހަޅާފައި އޮތީ އެންމެ 702 ތަނަކުން،" ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް އިތުރަށް ވިދާޅުވީ އެ ރިޕޯޓް ހުށަހަޅާފައި ވަނީ ވަރަށް މަދު ކޯޓުތަކަކުންނާއި ކައުންސިލްތަކުންނާއި އަދި ވަރަށް މަދު މުވައްސަސާތަކުން ކަމަށެވެ.

މިއަދުގެ ހަފްލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވަނީ ފިޔާޒް ދެއްކެވި ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރަކަށް ވެފައި ވިދާޅުވީ ޕާޓީގެ ފަރާތުންް ރިޕޯޓްތައް ހުށަނާޅާ ވާހަކަ. އަޅުގަނޑަށް ހީވަނީ އެއީ ކުޑަކޮށް އޮޅުމެއްހެން. މިހާ ހިސާބަށް ހުށަހަޅަން ޖެހޭ ރިޕޯޓްތައް އެމްޑީޕީގެ ފަރާތުން ވާނީ ހުށަހަޅާފައި." ފައްޔާޒް ވިދާޅުވި އެވެ.

comment ކޮމެންޓް