ކުރީގެ ސަރުކާރުތަކުން ކުރި ރަނގަޅު ކަންކަން މި ސަރުކާރުން ބަދަލެއް ނުކުރާނެ: އަސްލަމް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

(ނ. މާފަރު): ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުންނަ ރަނގަޅު ކަންތައް މި ސަރުކާރުން ބަދަލު ނުކުރާނެކަމަށް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނ. މާފަރުގައި ގާއިމްކޮށްފައިވާ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުތައް ބަދަލުވި ނަމަވެސް ގައުމު ބަދަލު ނުވާނެކަމަށާއި މި ސަރުކާރުގެ ވިސްނުމަކީ ކުރީ ސަރުކާރުތަކުން ކޮށްފައި ހުރި ރަނގަޅު ކަންކަން ދެމެހެއްޓުން ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ، ގައުމުގައި ސަރުކާރު ބަދަލުވާނެޔޭ. މީހުންނާއި ވެރިން ބަދަލުވާނެޔޭ. އެކަމަކު ގައުމެއް ބަދަލެއް ނުވާނެ. ކުރީ ސަރުކާރުތަކުން ރަނގަޅަށް ކޮށްފައި ހުރި ކަންތައް ދަމަހައްޓަންޖެހޭކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،"

މި ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން 20 މިނެޓުން ދެވޭ ރާސްތާއެއްގައި ވައިގެ ބަނދަރެއް އޮތުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި ސިޔާސަތު ހާސިލުކުރުމަށް އަދިވެސް އެއާޕޯޓުތައް އަޅަންޖެހޭ ކަމަށެވެ.

"އިތުރަށް އެއާޕޯޓު އަޅަންޖެހޭ ސަރަހައްދުތައް ވަނީ ފާހަގަ ކުރެވިފައި. އަޅުގަނޑުމެންގެ އަމާޒަކީ މި ސަރުކާރުގެ ދައުރު ނިންމުމުގެ ކުރިން މި ވައިގެބަނދަރުތަކުގެ މަސައްކަތް ފެށުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ ރަށްތައް ކަނޑުމަގުގެ ޕަބްލިކް ޓްރާންސްޕޯޓު ނިޒާމަކުން ގުޅާލުމަށް ކަމަށެވެ.

https://sun.mv/128141

ގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު، ހަނދާން ކުރަންޖެހޭ މިއީ ޖަޒީރާ ގައުމެއްކަން. ކަނޑު ދަތުރުތަކަށް ބަރޯސާވާ ގައުމެއްކަން. ޑޮމެސްޓިކް މެރިޓައިމް ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގާއިމުކުރުމަކީ އަންނަ އަހަރު ކުރާނެ އެންމެ ބޮޑު އެއް މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ 2008 ގައި އެމްޑީޕީ ސަރުކާރުން ފެށި ފެރީގެ ނިޒާމު ހަރުދަނާ ކަމާއެކު ކުރިއަށް ގެންދެވުނުނަމަ، މިހާރު ރާއްޖޭގައި ކަނޑުމަގުން ކުރާ ހަރުދަނާ ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގާއިމުވެފައި އޮންނާނެ ކަމަށެވެ.

"2008 ގައި ފެށި ޓްރާންސްޕޯޓު ނިޒާމު ހަރުދަނާއެއް ނުކުރެވުނު، އެކަން ކުރިނަމަ މިއަދު އަލުން ޓްރާންސްޕޯޓު ނިޒާމެއް ގާއިމުކުރާކަށް ނުޖެހުނީސް،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާފަރު އެއާޕޯޓާއެކު މާފަރަށާއި މުޅި ނ. އަތޮޅަށް ތަރައްގީ އަންނާނެ ކަމަށެވެ.

"ރަށުގެ ބިމުގެ އަގު އުފުލިގެން ދާނެ. ނިކަން ބައްލަވާ ބ. ދަރަވަންދޫ. އެއާޕޯޓާއެކު އެރަށަށް އައި ތަރައްގީ. އެ ތަރައްގީ މި ރަށަށްވެސް އަންނާނެ،" ޕްލޭނިން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.

އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް737 މަރުކާގެ އެއާކްރާފްޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އެއާޕޯޓު އޭ380 ޖެއްސޭ ފެންވަރަށް ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް