ތާޕްސީ މި ދަނީ ކުރިއަށް، މިފަހަރު ބަންސާލީގެ ފިލްމެއް

ތާޕްސީ ޕަންނޫ --

މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކަށް ކާމިޔާބު ބަތަލާ ތާޕްސީ ޕަންނޫ ސޮއިކޮށްފި އެވެ.

ސިއާ ޖިއާގެ ނަމުން ނަންދީފައިވާ މި ފިލްމުގައިތާޕްސީގެ ފިލްމީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޑަބަލް ރޯލެއް ކުޅޭނެއެވެ. ޝަބީނާ ޚާން އާ ގުޅިގެން ގެނެސްދޭ އެ ފިލްމުގެ އަންހެން ލީޑަކަށް ތާޕްސީ ސޮއިކުރިއިރު ފިލްމުން ފެނިގެންދާނެދާނީ ކޮން ފިރިހެން ތަރިއެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެ ފިލްމުގެ ސްކްރިޕްޓް މިހާރު ނިމިފައިވާ ކަމަށާއި ފިލްމުގެ ޝޫޓިން އަވަސްމުސްތަގްބަލެއްގައި ފެށުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތާޕްސީގެ ތިން ފިލްމެއް މިއަހަރު ވަނީ ރިލީޒްކޮށްފައެވެ. އެއީ ބަދުލާ، މިޝަން މަންގަލް، ސާންޑީ އާކްގެ އިތުރުން ގޭމް އޯވަރ އެވެ.

އޭނާ މި ފިލްމަށް ސޮއިކުރިއިރު ދެތިން ފިލްމެއް އޭނާގެ ކުރިއަށް އެބައޮތެވެ.

comment ކޮމެންޓް