ތައުލީމީ ދާއިރާއާ ގުޅޭ ދެ ފޮތެއް އެޑިއުކޭޝަން މިނިސްޓްރީން ނެރެފި

އެޑިއުކޭޝަން މިނިސްޓްރީން ދެ ފޮތެއް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ތައުލީމީ ދާއިރާއާ ގުޅޭ ދެ ފޮތެއް އެޑިއުކޭޝަން މިނިސްޓްރީން ނެރެފި އެވެ.

މިއަދު ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދެ ފޮތް ނެރެދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާޙިމް ހަސަން އެވެ.

މިއަދު ނެރުނު ދެ ފޮތަކީ މޯލްޑިވްސް އެޑިޔުކޭޝަން ސެކްޓާ އެނަލިސިސް 2019 އަދި މޯލްޑިވްސް އެޑިޔުކޭޝަން ސެކްޓާ ޕްލޭން 2019 – 2023 އެވެ.

އޭގެ ތެރެއިން "މޯލްޑިވްސް އެޑިޔުކޭޝަން ސެކްޓަރ ޕްލޭން 2019 – 2023" ގެ ފޮތުގައި 2019 އިން ފެށިގެން 2023 އާއި ހަމަޔަށް ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާގެ މަސައްކަތްތައް ހިނގަމުންދާ ޕްލޭން ހިމެނޭކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ތައުލީމީ ދާއިރާއާ ގުޅޭ ފޮތެއް ޑރ. އިބްރާހިމް ހަސަން ނެރެދެއްވަނީ---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ނެރުނު ފޮތްތަކަކީ ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިއުކޭޝަން ( ޖީ.ޕީ.އީ ) ގެ ހިލޭ އެހީގެ ދަށުން ތައްޔާރުކުރެވިފައިވާ ފޮތްތަކެއް ކަމަށެވެ. އަދި އީ.އެސް.ޕީ އެކުލަވާލުމާއިއެކު ޖީ.ޕީ.އިން ވަނީ ކުރިއަރަމުންދާ ޤައުމުތަކުގެ ލިސްޓަށް އިތުރުކުރެވޭ 68 ވަނަ ގައުމުގެ ގޮތުގައި ރާއްޖެ ކަނޑައަޅާފައިކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އީ.އެސް.އޭ އަދި އީ.އެސް.ޕީ ގެ ކޯޑިނޭޓންގ އޭޖެންސީ އަދި ގްރާންޓިންގ އެޖެންސީގެ ރޯލު އަދާކޮށްފައިވަނީ ޔުނިސެފްގެ ފަރާތުންކަމަށް އެޑިއުޚޭޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް