ޖޮނީ އައިވް އެންމެ ފަހުން އެޕަލް ދޫކޮށްލައިފި

ޖޮނީ އައިވް ވަނީ އެޕަލްގައި 27 އަހަރު މަސައްކަތްކޮށްފައި --- ފޮޓޯ : ބްލޫމްބާގް

އެޕަލް ކުންފުނީގެ ޑިޒައިން ޓީމުގެ އިސްކޮށް އެތައް އަހަރެއް ވަންދެން ހިދުމަތްކޮށްދީފައިވާ ޖޮނަތަން "ޖޮނީ" އައިވް އެކުންފުނި ދޫކޮށްލައިފި އެވެ.

ޖޮނީ އައިވް އެޕަލް ދޫކޮށް އަމިއްލަ ޕްރޮޖެކްޓެއް ފަށާނެ ކަމުގެ ވާހަކަ ވަނީ މި އަހަރުގެ ކުރީކޮޅުގައި ދައްކައިފަ އެވެ. ނަމަވެސް އޭނާ އެ ކުންފުނި ދޫކޮށްލާފައި ވަނީ ދާދި ފަހުންނެވެ.

އޭނާ އެޕަލްއާ ގުޅުނީ 1992 ވަނަ އަހަރުގަ އެވެ. އަދި 1996 ވަނަ އަހަރުން ފެށިގެން އެޕަލްގެ ޑިޒައިން ޓީމުގެ އިސްކޮށް ހުރެ އައިވް ވަނީ އެކުންފުނީގެ ބޮޑެތި އުފެއްދުންތަކެއް އަސްލަށް ގެނައުމުގައި ހަރަކާތްތެރިވެފަ އެވެ.

އެޕަލްގެ ފަހުގެ އައިފޯނުތަކަކީ ވެސް އައިވް، ޑިޒައިން ޓީމުގެ ކުރީގައި ހުރެ ފަރުމާކޮށްފައިވާ ތަކެއްޗެވެ.

އައިވް، އެޕަލް ދޫކޮށްލާފައިވާ ކަމުގެ ވާހަކަ އެކުންފުނިން ނުބުނި ނަމަވެސް މިހާރު އޭނާ ވަނީ އެޕަލްގެ ލީޑާޝިޕްގެ ލިސްޓުން އުނިކޮށްފަ އެވެ.

އެޕަލް އިން ވަކިވެ އައިވް ވަނީ "ލަވްފޯމް"ގެ ނަމުގައި ކުންފުންޏެއް ހަދައިފަ އެވެ. އެ ކުންފުންޏަކީ އޭނާގެ އެކުވެރިޔާ މާކް ނިއުސަން އާ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

comment ކޮމެންޓް