2020ގައި ދަތުރު ކުރަން އެންމެ ރައްކާތެރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި ޑެންމާކް

2020ގައި ދަތުރު ކުރަން އެންމެ ރައްކާތެރި ގައުމުތަކުގެ ލިސްޓުން ކުރި ހޯދި އެއް ގައުމަކީ ޑެންމާކް -- ފޮޓޯ: ޝަޓާސްޓޮކް

އަންނަ އަހަރު ޗުއްޓީ ހޭދަ ކުރަން ތަފާތު ގައުމުތަކަށް ދަތުރު ކުރަން ބޭނުންވާ މީހުންނަށް އެންމެ ރައްކާތެރި ގައުމުތަކުގެ ލިސްޓުން ޑެންމާކާއި ޔޫރަޕްގެ އެހެން ބައެއް ގައުމުތައް ކުރި ހޯދައިފި އެވެ.

ދަތުރުފަތުރު ކުރުމުގެ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް އެސްއޯއެސްގެ ލިސްޓުގައިވާ ގޮތުން އަންނަ އަހަރު ފަތުރުވެރިން ޒިޔާރަތް ކުރަން އެންމެ ރައްކާތެރި ގައުމުތަކަކީ ޑެންމާކް، ފިންލޭންޑް، ގްރީންލޭންޑް، އައިސްލޭންޑް، ނޯވޭ، ސްލޮވީނިއާ، ލަގްޒެމްބާގް އަދި ސުވިޒަލޭންޑެވެ. އަދި ޔޫރަޕްގެ އެހެން ގިނަ ގައުމުތަކާއި އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި ޗައިނާ ވެސް އޮތީ ނުރައްކާތައް ކުޑަ ގައުމުތައް ކަމަށް ކަނޑައަޅާފަ އެވެ.

އެ ލިސްޓުގައި ރާއްޖެ ވެސް ފާހަގަކޮށްފައި އޮތީ ދަތުރު ކުރުމަށް ނުރައްކާތައް ކުޑަ ގައުމެއްގެ ގޮތުގަ އެވެ. އެއީ އަނިޔާވެރި ކުށްތަކާއި ހަމަނުޖެހުންތައް މަދު، ސަލާމަތީ އަދި އެމާޖެންސީ ހިދުމަތްތައް ރަނގަޅު ގައުމެއްގެ ގޮތުގަ އެވެ.

އެ ލިސްޓުގައި ދަތުރު ކުރަން އެންމެ ނުރައްކާތެރި ކަމަށް ފާހަގަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ސޯމާލިއާ އަދި ސީރިއާ ހިމެނެ އެވެ.

އިންޓަނޭޝަނަލް އެސްއޯއެސްއިން ބުނާ ގޮތުގައި އެ ލިސްޓު ހެދުމުގައި ބަލަނީ އެ ގައުމަކަށް ދަތުރު ކުރުމުން އޮންނަ ސިއްހީ އަދި ސަލާމަތީ ނުރައްކާތަކަށެވެ. އޭގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ފެތުރޭ މިންވަރާއި ސިޔާސީ ހަމަނުޖެހުންތައް އޮތް މިންވަރު ބަލަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު