އެއާކޯން ޓެކްނީޝަނުންނަށް ތަމްރީން ދީފި

އެއާކޯން ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ހިންގި ދެވަނަ ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރެފްރިޖެރޭޝަން އަދި އެއާކޮންޑިޝަނިންގް ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ދެ ވަނަ ޕްރޮގްރާމް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މޯލްޑިވްސް ޕޮލީޓެކްނީކްގައި ބާއްވައިފި އެވެ.

އެ ޕްރޮގްރާމްގެ ދެވަނަ ބުރުގައި ޖުމްލަ 16 ޓެކްނީޝަނުން ވަނީ ތަމްރީންކޮށްފަ އެވެ.

ތިމާވެއްޓަށް ގެއްލުންދޭ ގޭސްތަކެއް ކަމަށްވާ އެޗްސީއެފްސީ ފޭސްއައުޓްކުރުމުގެ ގޮތުން 'މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔާ' މުއާހަދާގައި ރާއްޖެއިން ވަނީ ބައިވެރިވެފަ އެެވެ.

މިއަދު ނިންމި ޕްރޮގްރާމްއަކީ އޭގެ އަމާޒަށް ވާސިލްުވުމުގެ ގޮތުން އެންވަޔަރަންމަންޓް ޕްރޮގްރާމްއެންވަޔަރަންމަންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް (ޔުނެޕް) އިން ހިންގި ޕްރޮގްރާމްއެކެެވެ.

އެއާކޯން ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ހިންގި ދެވަނަ ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރާއްޖެއަކީ ޔުނެޕްގެ ފަރާތުން ރެފްރިޖެރެންޓް ޑްރައިވިންގް ލައިސަންސް ޕްރޮގްރާމް ފެށި ދެވަނަ ގައުމެވެ.

ހަތަރު ދުވަހަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ސެޓްފިކޭޝަން ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްގެ ދަށުން އަލަށް ދުނިޔޭގެ މާކެޓުގައި ތަޢާރަފު ކުރަމުންދާ ފްލޭމަބަލް ރެފްރިޖެރެންޓް އެކުލެވޭ އެއާ ކަންޑިޝަނާ އަދި ރެފްރިޖެރޭޓަރސް އިންސްޓޯލް، މެއިންޓެއިން، އަދި ސާރވިސް ކުރާނެ ގޮތުގެ ޓްރެއިނިންގ ވަނީ ދީފަ އެވެ. އަދި އަލަށް އުފެދޭ ފްލޭމަބަލް އަދި ޖައްވު ހޫނުވުމަށް މެދުވެރިކުރުވާ ގޭސްތަކުގެ މަޢުލޫމާތު ދީ އެފަދަ ގޭސްތައް ގެންގުޅުމުގައި ބަލަން ޖެހޭ ސަލާމަތީ މިންގަނޑުތަކުގެ މަޢުލޫމާތު ވެސް ވަނީ ދީފަ އެވެ.

އެއާކޯން ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ހިންގި ދެވަނަ ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

"ރެފްރިޖެރޭޝަން ޑްރައިވިންގް ލައިސަންސް"ގެ ފުރަތަމަ ޕްރޮގްރާމް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބާއްވާފައިވާ އިރު މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 12 ޓެކްނީޝަނުން ޓްރެއިން ކުރެވި އިމްތިހާނުން ފާސްވެފައިވާ ޓެކްނީޝަނުންނަށް މި މަހުގެ 26 ވަނަ ދުވަހު ވަނީ "ރެފްރިޖެރެންޓް ޑްރައިވިންގް ލައިސަންސް" ދީފަ އެވެ.

comment ކޮމެންޓް