ރާއްޖެއަށް ސިއްހީ އެހީ ދިނުމަށް ސައުދީ ކެބިނެޓުން ރުހުންދީފި

މިނިސްޓަރު ޝާހިދު ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ ..

ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު މިއަހަރުގެ މާޗް މަހު، ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ވެވުނު އެއްބަސްވުމަށް އަމަލުކުރުމަށް ސައުދީ ކެބިނެޓުން ހުއްދަ ދީފި އެވެ.

އެއްބަސްވުމަށް ސައުދީ ކެބިނެޓުން ރުހުން ދީފައިވަނީ އިއްޔެ ޖިއްދާގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށާއި، ސިއްހީ ހިދުމަތް ދޭ ތަންތަން އިތުރަށް ހަރުދަނާކުރުމަށް ސައުދީން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެމްއޯޔޫއަށް އަމަލުކުރުމަށް ކެބިނެޓުން ރުހުން ދިންއިރު، އާދިއްތަ ދުވަހު މިނިސްޓަރު ޝާހިދު ވަނީ ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލްސައޫދުއާ ބައްދަލުކުރައްވައި، ދެގައުމުގެ މެދުގައި މަޝްވަރާތައް ބާއްވަވާފަ އެވެ.

މިނިސްޓަރު ޝާހިދު ޖިއްދާއަށް ވަޑައިގަތީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށާއި، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް އަލް އުތައިމީން އާއި ބައްދަލުކުރެއްވުމަށް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

comment ކޮމެންޓް