ހައުސްފުލް 5 ވެސް ގެނެސްދޭނެ

ހައުސްފުލްގެ ފްރެންޗައިޒްތަކުން ފެނިގެން ދިޔަ ތަރިން---

ކާމިޔާބު ފްރެންޗައިޒް ހައުސްފުލް 5 ވެސް ގެނެސްދޭނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ދާދިފަހުން ބަތަލު އަކްޝޭ ކުމާރު ވަނީ ހައުސްފުލްގެ އިންސްޓޯލްމަންޓްގައި ހަރަކާތްތެރިވި ތަރިންނާއެކު ފޮޓޯއެއް ނަގައި އިންސްޓަގްރާމްކޮށްފައެވެ.

ޚަބަރުތައް ބުނާގޮތުގައި ހައުސްފުލް 5 އިން ދީޕިކާ ޕަދުކޯންވެސް ފެނިގެންދާނެއެވެ. އޭނާ ވަނީ ހައުސްފުލްގައި ހަރަކާތްތެރިވެފައެވެ. ހައުސްފުލް ފަހަކުން އެ ފްރެންޗައިޒުން ފެނިގެންދިޔަ ހުރިހާ ތަރިން އެއްކޮށް ފެންނަން ޕްރޮޑިއުސަރު ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ފިލްމު ކުޅުމަށް އެ ތަރިން ގާތު އެދިފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު މިހާރު ވަނީ ހައުސްފުލް 5 ގެނެސްދޭނެ ގޮތް ރާވާވެސްލާފައެވެ. އަދި ފިލްމުގެ ސްކްރިޕްގެ މަސައްކަތް އަވަސް މުސްތަގްބަލެއްގައި ފެށޭނެއެވެ.

ހައުސްފުލް 4 އަށް ވަނީ 200 ކުރޯޑަށް ވުރެ ގިނަ އާމްދަނީ ލިބިފައެވެ. "ހައުސްފުލް 3" ރިލީޒްކުރީ 2016 ވަނަ އަހަރުއެވެ. "ހައުސްފުލް"ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

comment ކޮމެންޓް