ވިލިމާލޭ ފަޅުގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެ، ހަ މީހަކު ފިހިއްޖެ

ވިލިމާލޭ ފަޅުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ، ހަ މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ވިލިމާލެ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން މިރޭ 10:40 ހާ އިރު އެމްއެންޑީއެފަށް ރިޕޯޓުކުރި ކަމަށާއި. އެމްއެންޑީއެފް ފަޔާ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ފަޅުގައި އޮތް އިތުރު ދޯންޏެއްގައިވެސް އަލިފާން ހިފިކަމަށް އާޒިމް ވިދާޅުވިއެވެ.

"އަލިފާނުގެ ހާދިސާގައި ހަ މީހަކު ވަނީ ފިހިފައި. [އޭގެ އިތުރުން] އެމްއެންޑީފް ފަޔާ ފައިޓާއެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައި،" އާޒިމް ވިދާޅުވިއވެެ.

އެއާއެކު ޖުމްލަ ހަތް މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ތެޔޮ ބޯޓުގައި އަލިފާން ރޯވެފައި، މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައި --- ފޮޓޯ/ އެމްއެންޑީއެފް

comment ކޮމެންޓް