މަސްހިފަން ފަރުމައްޗަށް ދިޔަ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ

ގެއްލޮގެން ހޯދާ މުހައްމަދު ސައީދު ----

ގދ. މަޑެވެލީގައި މަސް ހިފަން ފަރުމައްޗަށް ދިޔަ އުމުރުން 72 އަހަރުގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޯށްފައި ވަނީ މިއަދު މެންދުރު 1:00 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، މައުލޫމަތު ލިބިފައިވާ ގޮތުގައި އޭނާ ފަރުމައްޗަށް މަސް ހިފަން ދިޔައީ އެކަނިމާއެކަނި ކަމަށާއި މިހާރު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަޑެވެލި ކައުންސިލުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ، އެރަށު ގަމަރީ ގޭގައި ދިރިއުޅެމުން އަންނަ ދަފުތަރު ނަންބަރު 3476، މުހައްމަދު ސައީދު އެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިއްޖެ ނަމަ ލަސްނުކޮށް މަޑަވެލި ކައުންސިލްގެ ނައިބު ރައީސް އަޒަމް މުހައްމަދު 9998773 އަށް އަންގަވައި ދިނުމަށް ކައުންސިލުން އެދެ އެވެ.

comment ކޮމެންޓް