އަންހެން ޑްރައިވަރުގެ ކާރަށް އަނެއްކާވެސް ގެއްލުންވެއްޖެ

އައިތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސްފައި ---

މާލޭގައި ޓްކެސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު)ގެ ކާރަށް އަނެއްކާވެސް ގެއްލުންތަކެއްވެއްޖެއެވެ.

މީގެ ހަތް މަސް ކުރިން އެޕްރީލް 27 ގައި އެނާގެ ކާރަށް މީހަކު ވަނީ ގެއްލުން ދީފައެވެ. ނަމަވެސް މިއަދު އޭނާގެ ކާރައަށް ބަޔަކު ގަސްތުގައި ގެއްލުން ދިނީކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.

ފުލުހުން ބުނީ، ކާރަކަށް ގެއްލުންވި މައްސަލަ މިއަދު ހަވީރު 5:016 ހާއިރު އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަށެވެ.

މަައްސަލަ ހުށަހެޅީ އަބަދައްއުފާ މަގުން ދިޔަ ޓެކްސީއެއްގެ ފަހަތު ބިއްލޫރިގަނޑު މައްޗަށް މަސް ޓޭންކަށް ލާ ކަހަލަ ގާބުރިއެއް "ވެއްޓި" ބިއްލޫރިގަނޑު ތަޅައިގެން ގޮސްގެން ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކާރަކަށް ގެއްލުންވެފައިވާއިރު، ކާރު ކައިރީ އައިންތު މަޑުކޮށްލައިގެން ---

މީގެ ހަތް މަސް ކުރިން އައިތުގެ ކާރު މަގުމަތިން ހުއްޓުވައި ބޮޑެތި ގެއްލުންތަކެއް ދީފައިވަނީ އޭނާގެ ކުރީގެ ފިރިމީހާކަމަށް އޭރު ތުހުމަތު ކުރެވުނެއެވެ. އެ މައްސަލަވެސް ބަލަމުން އަންނަކަމަށް ފުލުހުން އޭރު ބުނި ނަމަވެސް އެ ތަހުގީގުގެ އަޕްޑޭޓެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

އައިންތުއަކީ މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރެވެ. އޭނާ ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

https://sun.mv/118595

comment ކޮމެންޓް