އުރީދޫ ކަލަރަން: ރާއްޖޭގެ އެންމެ ކުލަގަދަ ދުވުން!

ނޮވެމްބަރ 23، 2018: އުރީދޫ ކަލާ ރަންގެ ތެރެއިން: މިއަހަރުގެ ދުވުމުގައި 5000އަށް ވުރެ ގިނަ މީހުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެ ދިޔަ އަހަރެއް، ދެއަހަރެއްގެ ތެރޭގައި ރާއްޖޭގެ ދުވުންތެރިންނަށް ކުލަގަދަ އީދެއްގެ އިހުސާސް ގެނެސްދިނީ، 2017 ވަނަ އަހަރު ބާއްވަން ފެށި، "އުރީދޫ ކަލަ ރަން" އެވެ. އެންމެ ކުލަގަދަ ދުވުމުގެ ހަރަކާތުގެ ގޮތުގައި ބާއްވާ މި ދުވުމާ އެކު އިތުރު އެތައް ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާ އިރު މުޅި ފެސްޓިވަލް އަކީ ވަކި އުމުރަކަށް ހާއްސަ ކުރެވިފައި އޮތް ކަމެއް ނޫނެވެ. ހަމަ ކުދި ބޮޑު އެންމެން އާއިލާތަކާ އެކު ގޮސް މަޖާކޮށްލަންވީ އެވެ.

މި ދުވުން މިހާރު ވެފައި ވަނީ، އެތައް ބަޔަކު އަހަރު ފެށޭ ހިސާބުން ފެށިގެން އިންތިޒާރު ކުރަމުން އަންނަ އެއް ހަރަކާތަށެވެ. ކުޅިވަރާއި މަޖަލުގެ އިތުރުން އާއިލީ އެއްބައިވަންތަކަށް ވެސް ދެމެހެއްޓުމަށް މި ހަރަކާތަކީ ހަމަ އެއްވަނައިގެ ކަމެކެވެ. އެކަމުގެ އެއް ހެއްކަކީ އަހަރަކަށް ފަހު އަހަރެއް ބައިވެރިން އިތުރުވެގެން ގޮސް މިއަހަރުގެ މި ފެސްޓިވަލާ އަރާ ހަމަވި އިރު ލިމިޓަކަށް ކަނޑައެޅިފައި އޮތް 5000 މީހުންގެ ޖާގަ އިސާހިތަކު ފުރިގެން ދިއުމެވެ.

ނޮވެމްބަރ 23، 2018: އުރީދޫ ކަލާ ރަންގެ ތެރެއިން: މިއަހަރުގެ ދުވުމުގައި 5000އަށް ވުރެ ގިނަ މީހުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖާގަ ނުލިބުނު ނަމަވެސް ދުވުމުގައި ބައިވެރިވާން ބޭނުން ނަމަ ރެޖިސްޓްރީ ނުކޮށް، ހުދު ކުލައިގެ ހެދުމެއްގައި ދުވުންތެރިންނާ އެކު ދުވެވޭނެ ކަމަށް އުރީދުއިން ބުނެ އެވެ.

އެންމެ ކުލަ ގަދަ ދުވުން

އުރީދޫ ކަލާ ރަން އަކީ ކޮންމެ އަހަރަކުވެސް އުރީދޫއިން ބާއްވަމުން އަންނަ ގިނަ ހަރަކާތްތަކުގެ ތެރެއިން އެންމެ މަގުބޫލުކަން ހޯދައިފައިވާ ހަރަކާތެވެ. މި ހަރަކާތް މިފަދަ ކުލަގަދަ ހަރާކާތެއްގެ ގޮތުގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ރަހުމަތްތެރިންނާއި އާއިލާތަކާ އެކު މަޖާކޮށްލައި ގުޅުން ބަދަހިކޮށްލުމެވެ. އަހަރަކަށް ފަހު އަހަރެއް މި ހަރަކާތުގެ މަގުބޫލުކަން އިތުރުވަމުން އަންނަ އިރު 2017 ވަނަ އަހަރު ކަލާ ރަން ފެށީ 3000 ދުވުންތެރިންނާ އެކު އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ދުވުމަށް ލިބުނު ބޮޑު ތަރުހީބާ އެކު، އެ އަދަދު 4500 އަށް ވަނީ އިތުރު ކޮށްފަ އެވެ. މިއަހަރުގެ ދުވުމުގައި 5000 ޖާގަ މިހާރު ވަނީ ފުރާލައިފަ އެވެ.

"ކަލާ ރަން އެންމެ ކުލަގަދަ ދުވުމަށް މި ވަނީ މުޖުމަތައުގެ ފަރާތުން ލިބޭ އެއްބާރުލުމުގެ އިތުރުން ވެސް ވަރަށް ކުލަގަދަ ދުވުމަކަށް ވާތީ. ކޮންމެ ކިލޯމީޓަރެއް ވެސް މިދަނީ ކުލަ ސްޓޭޝަނެއް ތެރެއިން ލާފައި. އެހެންވެ މި ހަރަކާތަކީ ހަމަ ކުލައިން ފުރިގެންވާ އަސްލު ކުލަ ގަދަ ދުވުމެއް،" އުރީދޫގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ވިދާޅުވި އެވެ.

ނޮވެމްބަރ 23، 2018: އުރީދޫ ކަލާ ރަންގެ ތެރެއިން: މިއަހަރުގެ ދުވުމުގައި 5000އަށް ވުރެ ގިނަ މީހުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ދުވަހަށް ދެމިގެންދާ އީދެއް

މިއަހަރުގެ ކަލަރަން ފެސްޓިވަލް ކުރިއަށް ގެންދަން އުރީދޫއިން ރާވާފައި އޮތީ، މުޅި ހަފްތާ ބަންދަށް ބަހާލައިގެން އީދެއްގެ ގޮތުގަ އެވެ. ކުރިއަށް އޮތް ހަފްތާ ބަންދަކީ ސްކޫލުތައް ވެސް ބަންދުވެފައިވާ ދުވަސްވަރަކަށް ވުމުން މިކަމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ މަޖާކޮށްލަން އަންނަން އުރީދޫއިން ދައުވަތު ދެ އެވެ. އާއިލީ ބަންދެއްގެ ގޮތުގައި އެންމެން ގޮސް މަޖާކޮށްލުމަށް މިއީވާ ރަނުގެ ފުރުސަތެކެވެ.

ކަލަރަންގެ ފެސްޓިވަލް މިފަހަރު ފެށުމަށް ހަމަޖެހިފައި ވަނީ ވޭތުވެ ދިޔަ ދެ އަހަރާ ހިލާފަށް މުޅިން އާ ކަމެއްގެ ތެރެއިންނެވެ. "އުރީދޫ މޫދު އުފާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރާކާތް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހެނދުނު އެވެ.

ނޮވެމްބަރ 23، 2018: އުރީދޫ ކަލާ ރަންގެ ތެރެއިން: މިއަހަރުގެ ދުވުމުގައި 5000އަށް ވުރެ ގިނަ މީހުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އުރީދޫ މޫދު އުފާ އަކީ ކުޑަކުދިންނަށް ވެސް، މުޅި އާއިލާތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ވަރަށް ފޯރިގަދަ ދަތުރެއް،" ނޫރާ ވިދާޅުވި އެވެ.

ނޫރާ ވިދާޅުވީ، މޫދު އުފާ މި އިވެންޓް ކުރިއަށްދާނީ ކުޑަ އިރު އާއިލާތަކާ އެކު ދަތުރު ގޮސް މަޖާކޮށް ހެދުމުގެ ވައްޓަފާޅިއާއި އެއްގޮތަށް ކަމަށެވެ. އަދި މި ހަރަކާތުގައި ގިނަ ކުޅިވަރުތަކެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން "ސޭންޑް ކާސަލް މުބާރާތަކާއި، އިހުގައި ޅަ ކުދިން މޫދުގައި ތިބެފައި އައިސް ފަސްގަނޑުގައި ކުޅޭ "އަކުން ބަކުން" ޒަމާނީ ގޮތަކަށް ކުޅުމާއި "ބަކެޓް ރޭސް" އެއް ވެސް ހިމެނޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ. އަދި މި އިވެންޓުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާން ނުޖެހޭނެ ކަމަށް ވެސް އުރީދުން ވަނީ ބުނެފަ އެވެ.

އުރީދޫ ކަލަރަންގެ ދެވަނަ ހަރަކާތް އޮންނާނީ ހުކުރު ދުވަހުގެ ހަވީރު އެވެ. ގުޑި މަހާސަމާގެ ނަމުގައި ކުރިއަށް ގެންދާ މިހަރަކާތުގައި ވެސް ކުދި ބޮޑު އެންމެންނަށް ގުޑި އެރުވުމާއި ގުޑި ހަދަން ދަސްކޮށްދިނުމުގެ ކަންކަން އޮންނާނެ އެވެ.

ނޮވެމްބަރ 23، 2018: އުރީދޫ ކަލާ ރަންގެ ތެރެއިން: މިއަހަރުގެ ދުވުމުގައި 5000އަށް ވުރެ ގިނަ މީހުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިދިޔަ އަހަރެކޭ އެއްފަދައިން "ބޮލްސް ރޭސް" އެއް ވެސް ކުރިއަށް ދާނެ މިފަހަރުވެސް. އެއީ ގުޑި މަހާސަމާގެ އެންމެ ފޯރިގަދަ އެއްބައި. އެހެންވީމަ މުބާރާތް ތަކުގައި ބައިވެރިވާ ކުދިން ނުވަތަ ބޭފުޅުންނަށް ވަރަށް ހާއްސަ އިނާމެއް ލިބިގެންދާނެ،"

ކަލާ ރަން ފެސްޓިވަލުގެ މައި ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހު އެވެ. ފަސްހާސް މީޓަރުގެ ދުވުން ކުލަކުޅުމާއި މަޖާކުރުމުގެ ތެރެއިން ކުރިއަށް ގެންދާއިރު މިއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު އެއްފަހަރާ ބައިވެރިވާ ދުވުމެވެ.

"ކަލާ ރަން އަކީ ހަފްތާ ބަންދުގެ އެންމެ ފޯރިގަދަ އިވެންޓް. ރެޖިސްޓާރ ނުކުރެވޭ ބޭފުޅުންގެ ފަރާތުން ވެސް ސުވާލުތަކެއް އެބައާދޭ." ނޫރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 5000 މީހުންގެ ޖާގައިން ފުރުސަތު ނުލިބުނު ނަމަވެސް ދުވުމުގައި ބައިވެރިވާން ބޭނުން ނަމަ ހުދު ކުލައިގެ ޓީޝާޓެއް ލައިގެން އައިސް ދުވުމުގައި ބައިވެރިވެވޭނެ ކަމަށެވެ. އެކަމަކު އެ ދުވުންތެރިންނަށް އިނާމެއް ނުލިބޭނެ ކަމަށެވެ.

ނޮވެމްބަރ 23، 2018: އުރީދޫ ކަލާ ރަންގެ ތެރެއިން: މިއަހަރުގެ ދުވުމުގައި 5000އަށް ވުރެ ގިނަ މީހުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުވުމުގައި ބައިވެރިވާ ދުވުންތެރިންގެ ތެރެއިން އެހެން އަހަރުތަކާ އެއްގޮތަށް މިފަހަރުވެސް އެންމެ ފޯރިގަދަ ދުވުންތެރިޔާއާއި އެންމެ ތަފާތު ހެދުން ލައިގެން އަންނަ ދުވުންތެރިޔާ ހޮވާނެ އެވެ.

ކަލަ ރަންގެ ބޮޑު ފެސްޓިވަލް ނިންމާލުން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ބޮޑު މިޔުޒިކް ޝޯ އަކުންނެވެ. "އުރީދޫ މިޔުޒިކް ފެސްޓިވަލް" ގައި ރާއްޖޭގައި މިވަގުތު އެންމެ ނަން ވިދަމުން އަންނަ ބޭންޑްތަކުގެ ހުށަހެޅުން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ސްކައި ރޮކް، ގްރެވިޓީ، ޓޫ ސެންސް، އިކުއަޓިކް ވައިބް ފަދަ ބޭންޑްތައް ހިމެނެ އެވެ.

އުރީދޫން އިންތިޒާމް ކުރާ ކުލަ އީދުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ އެވެ.

comment ކޮމެންޓް