އެމްޑީޕީ އާއި ޕީޕީއެމް އިން މެންބަރުން މަދުވެއްޖެ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީ އާއި ޕީޕީއެމްގެ މެންބަރުންގެ އަދަދު މަދުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މެއިމަހު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި 54،302 މެންބަރުން ތިއްބެވެ. ނަމަވެސް މިމަހުގެ 24 ގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 53،695 އަށް މަދުވެފައެވެ.

ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި އިއްޔެ ނިޔަލަށް 36،833 މެންބަރުން އެބަތިއްބެވެ. ނަމަވެސް މި އަހަރުގެ މެއި މަހުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 38،020 އެވެ.

އިލެކްޝަންސް ގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީގައި 10،727 މެންބަރުން އެބަތިއްބެވެ. އެމްޑީއޭގެ މެންބަރުންގެ އަަދަދަކީ 8،805 އެވެ.

އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު 6،554 އަށް އަރާއިރު ޕީއެންސީގެ މެންބަރުންގެ އަދަދަކީ 4367 އެވެ.

އެމްޓީޑީގެ މެންބަރުންގެ ގޮތުގައި 3،500 މީހުން އެބަތިއްބެވެ. ލޭބާ ޕާޓީގެ މެންބަރުންގެ އަަދަދު 3004 އަށް އަރާއިރު ޑީއާރުޕީގެ މެންބަރުންގެ އަދަދަކީ 2985 އެވެ.

ރާއްޖޭގައި ނުވަ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް ރެޖިސްޓްރީކޮށްދީ ލިޔުން ހަވާލުކުރީ މިއަދުއެވެ.

comment ކޮމެންޓް