އުރީދޫ ސަޅި: ކަލަރަންގެ ބިބާއި ޓީޝާޓް ސީދާ ގެޔަށް!

އުރީދޫ ކަލާ ރަންގެ ބައިވެރިޔަކަށް މޫލީީ މެދުވެރިކޮށް ކަލާ ރަން ކިޓު ހަވާލުކޮށްފައި --- ފޮޓޯ : ޓްވިޓާ

އުރީދޫއިން ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ ދުވުން "ކަލާ ރަން" ވަރަށް ތަފާތެވެ. ކަލާ ރަންގެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށް ދަނީ އެވެ. ކަލާ ރަންގެ ބައިވެރިންނަށް މިހާރު އެމީހުންގެ ކިޓު ދޫކުރަން ފަށާފައިވާއިރު މިފަހަރު އެ ހިދުމަތްވެސް ވަނީ އޮންލައިންކޮށްލައި މާ ފަސޭހަކޮށްލައިފަ އެވެ.

ކަލާ ރަންގެ ބައިވެރިންގެ ބިބް އާއި ޓީޝާޓު ހިމެނޭ ކަލާ ރަން ކިޓު، ދުވުމުގެ ބައިވެރިންގެ އުރީދޫއިން އިން ފޮނުވާލަދެނީ ސީދާ ގެއަށެވެ.

ކަލާ ރަންގެ ކިޓު، މިދިޔަ ހަފްތާގައި ދޫކުރަން ފަށާފައިވާއިރު އެ މުއާމަލާތްތައް، އުރީދޫގެ އޮންލައިން ސާވިސް "މޫލީ" މެދުވެރިކޮށް ފުރިހަމަ ކުރެވޭނެ އެވެ.

މޫލީ މެދުވެރިކޮށް ކަލާ ރަން ކިޓުގެ ހުރިހާ ކަމެއް ނިންމާލެވޭ އިރު، މިއީ ބައިވެރިންނަށް ވަރަށް ފަސޭހަވެގެންދާނެ ކަމެކެވެ.

ކަލާ ރަންގައި ބައިވެރިވާ ފަރާތްތަކާ ހަމައަށް ކިޓު އެއްކޮށް ގެނެސްދޭއިރު އެ ކިޓު ލިބުނު ކަމުގެ ސޮއިވެސް ކުރަން ޖެހޭނީ މިފަހަރު އޮންލައިންކޮށެވެ. ސްމާޓްފޯނު މެދުވެރިކޮށް އިލެކްޓްރޯނިކް ސޮއި ކޮށްލައިގެން ބިބާ ޓީޝާޓު ލިބިގެންދާނެ އެވެ.

އުރީދޫއިން ބުނީ، ކިޓު ލިބުމުގައި އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ނަމަ، މާދަމާގެ ކުރިން އޮންލައިންކޮށް އެކަން އެންގުމަށެވެ.

މީގެކުރީން އުރީދޫ އިން ބާއްވާފައިވާ ކަލާ ރަންގައި ކިޓު ދޫކޮށްފައިވަނީ އެކަމަށް ހާއްސަ ދުވަހެއްގަ އެވެ. ދުވުންތެރިންނަށް މީގެކުރީން ޖެހޭނީ، އުރީދޫ އިން ބުނާ ތަނަކަށް ދާށެވެ.

މި އަންނަ ހޮނިހިރު ދުވަހު އުރީދޫ އިން ބާއްވާ ކަލާ ރަން އަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދުވުމެކެވެ.

މިއަހަރުގެ ކަލާ ރަން އާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އުރީދޫއިން ވަނީ ނިންމާފަ އެވެ. އެގޮތުން މިއުޒިކް ފެސްޓިވަލް އާއި މޫދު ކުޅިވަރުގެ އިތުރުން ގުޑިއެރުވުމުގެ ފެސްޓިވަލެއްވެސް ކަލާ ރަން އާއެކު ބާއްވާނެ އެވެ. އުރީދޫ ކަލާ ރަން މި ވަނީ ކުލަ ގަދަ އީދަކަށެވެ.

comment ކޮމެންޓް