ރިތިކް ރޯޝަން ވެސް ފިލްމު ކުޅެދޭ އަގުބޮޑުކޮށްފި

ރިތިކް ރޯޝަން----

ބޮލީވުޑްގެ ކާމިޔާބު ތަރި ރިތިކް ރޯޝަން ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފިކަަށް ޚަބަރުތައް ބުނެފިއެވެ.

މިއަހަރު އޭނާގެ "ވޯ" އާއި "ސުޕަ 30"އަށް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ. އެ ކާމިޔާބީއަށް ފަހު އޭނާ ފިލްމު ކުޅެދޭ އަގު ބޮޑު ކުރަން ނިންމާފައިވާ ކަމަށް ބޭރުގެ މީޑީއާތަކުން ބުނެއެވެ.

ރިތިކް ފިލްމު ކުޅެދޭ އަގު ބޮޑު ކުރަން ނިންމި ވާހަކަ ޚަބަރުތަކުން ބުނި ނަމަވެސް އޭނާ ދެން ފިލްމު ކުޅޭނީ ކޮން އަގަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މިހާރު އޭނާ ފިލްމެއް ކުޅެދެނީ ތިން މިލިއަނާ ހަތަރު މިލިއަން ޑޮލަރުގެ އާމްދަނީ އަކަށެވެ.

ރިތިކްގެ ވޯ އަށް ވަނީ ބޮކްސް އޮފީހުގައި ވަރުގަދަ ކާމިޔާބީއެއް ލިބިފައެވެ. އެ ފިލްމަށް ވަނީ 300 ކުރޯޑަށް ވުރެ ގިނަ އާމްދަނީ ލިބިފައެވެ. އެކަމާ ގުޅިގެން އެ ފިލްމުގެ ސީކުއަލެއް ގެނެސްދޭން ވަނީ ނިންމާފައެވެ.

ރިތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ފްރެންޗައިޒް ފިލްމު "ކްރިޝް 4" އިންނެވެ. އެ ފިލްމުގ ރިލީޒްކުރާނީ އަންނަ އަހަރުއެވެ.

comment ކޮމެންޓް