"ބާލާ" އަށް 150 ކުރޯޑުގެ އާމްދަނީއެއް

ފިލްމުގެ ތަރިން---

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އާޔުޝްމަން ކުރާނާގެ "ބާލާ" އަށްވެސް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.

އެ ފިލްމަށް މިހާރުވަނީ ޑޮމެސްޓިކް ބޮކްސް އޮފީހުގައި 100 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. ފިލްމު އެކި ގައުމުތަކުގެ ސިނަމާތަކުގައި ދައްކައިގެން އެ ފިލްމަށް ވަނީ ޖުމްލަ 150 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.

ނޭޝަނަލް އެވޯޑް ހޯދި އެކްޓަރު އާޔުޝްމަން ކުރާނާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑަކީ ޔަމީ ގައުތަމްއެވެ. އެ ފިލްމުގައި ބޫމީ ޕަޑްނޭކަރްވެސް ހަރަކާތްތެރިވެއެވެ.

މިއީ އަޔޫޝްމަންގެ ފިލްމަކަށް 100 ކުރޯޑުގެ އާމްދަނީއެއް ލިބުނު ދެވަނަ ފިލްމެވެ. އެންމެ ފުރަތަމަ އެ އާމްދަނީ ހޯދީ ޑްރީމް ގާލްއެވެ.

އަމަރް ކޯޝިކް ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ކްރިޓީކުން ވެސް އަންނަނީ ފިލްމަށް ވަރަށް ބޮޑަށް ތާއީދުކުރަމުންނެވެ.

comment ކޮމެންޓް