މިއީ އިސްލާމީ ގައުމެއް، އަލުން ދީނަށް ވަންނަން ދައުވަތު ދޭކަށް ނުޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ---

ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި، އަލުން އިސްލާމް ދީނަށް ވަންނަން ދައުވަތު ދޭން ނުޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލ.ގަމުގެ އެމްޑީޕީ ހަރުގޭގެ ދިދަ ނެގުމަށް މިއަދު ހަވީރު ބޭއްވި ހަފްލާގައި ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެން އެދޭ ތަރައްގީއާއި އަޅުގަނޑުމެން އުއްމީދުކުރާ ތަނަވަސްކަން އަޅުގަނޑުމެން ހޯދަން ބޭނުންނަމަ ރާއްޖޭގެ އަމަން އަމާންކަމާއި ރާއްޖޭގެ މަސްލަހަތު އަލުން ބަލަހައްޓަން ޖެހޭކަމަށެވެ.

" އަޅުގަނޑުމެން މިދައްކަނީ އެއްވެސް ހާލެއްގައި ދީނީ ވާހަކައެއް ނޫން. ސެލްތައް (ޓެރަރިސްޓް ޖަމާއަތްތަކުގެ) ގޮފިތައް އިންތިޒާމްކޮށްފަ އޮތް ގޮތުގައި ފުރަތަމަ މިދަނީ ދައުވަތުދޭ މީހުން. އަޅުގަނޑުމެން ދިވެހިރާއްޖެއަކީ ސަތޭކައިން ސަތޭކަ އިސްލާމީ ގައުމެއް. މިތަނުގައި އައިސް އަޅުގަނޑަށް އިސްލާމްދީނަށް އަނެއްކާ އިސްލާމްދީނަށް އަޅުގަނޑަށް އަލުން އަނބުރާ ދައުވަތުދޭން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުމެން އިސްލާމް ދީނުގެ މަތީގަިއ ތިބޭތާ 800 އަހަރަށްވުރެ ގިނަ އަހަރަށްވުރެ ގިނަ އަހަރުވެއްޖެ." ރަައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭނާއަކީ ގ. ކެނެރީގެ އަބްދުއްސައްތާރުގެ ދަރި މުހައްމަދު ނަޝީދު ކަމަށާއި އަދި ހ. ހެންވޭރު ކަޅުބޭ އަބްދުއްލަތީފްގެ ދަރިއެއް އައިސް އެމަނިކުފާނަށް އިސްލާމްދީނަށް ދައުވަތުދޭން ޖެހޭ ސަބަބެއް އޭނާއަށް ނުވިސްނޭ ކަަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ އިސްލާމްދީނުގެ މަތީގައި ކަމަށާއި އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަަށް ވީހިނދު މިރާއްޖޭގައިި އިސްލާމްދީނަށް ދައުވަތު ދޭނެ އެހެންމީހެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ސޯލިހްގޮތުގައި އިސްލާމްދީނަށް އުޅުނީމާ ރާއްޖެ ދާނި ބިނާވަމުން. އެބޭފުޅުން ދައުވަތު އެދެނީ ހަނގުރާމައަށް. މި ރިޕޯޓް [ޑރ އަފްރާޝީމްގެ މަރުގެ ރިޕޯޓު] މާސާފުކޮށް އެބަކިޔައިދޭ މިދަނީ ހަނގުރާމައަށް ކަން. އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަށް ދަންނާވަން އޮތީ ވިސްނަވާށޭ މި ދިވެހިރާއްޖެ ހަރާބުގެ މަގަށް ނުގެންދާށޭ. އަޅުގަނޑުމެންނަށް އެބައޮތޭ ސަލާމަތުގެ އައްސޭރިއެއް."

"އަޅުގަނޑުމެންނަށް އެބައޮތޭ ސަލާމަތާ ތަނަވަސްކަމާއެކު ދިރިއުޅެވޭނެ ގޮތެއް. އަޅުގަނޑމެން ގުދުރަތީ ވަސީލަތްތައް އިންތިހާއަށް ގިނައޭ. އަޅުގަނޑުމެންނަކީ މުައްސަނދު ގައުމެކޭ. އަޅުގަނޑުމެންގެ އާމްދަނީ ރަނގަޅޭ. އަޅުގަނޑުމެންގެ ބަޖެޓު ބޮޑޭ. އަޅުގަނޑުމެންގެ މީހުން ހެޔޮލަފައޭ. އަޅުގަނޑުމެންނަށް މި ޖަޒީރާގައުމުގަިއ ތަނަވަސްދިރިއުުޅުމެއް އުޅެވިދާނެއޭ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދުވަހަކުވެސް ނުދެކޭފަދަ މިންވަރަށް ރާއްޖެ ކުރިއަށް އޮތް ހަަތަރު އަހަރުތެރޭ އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވިއިރު ގޮތްނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީ އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މަރާ ގުޅޭގޮތުން ނެރުނު ރިޕޯޓްގައި އެ ދެމީހުންގެ މަރާ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮތް ކަަމަށް ވަނީ ބުނެފައެވެ. އަދި އަފްރާޝީމްގެ މަރުގެ މައްސަލައިގައި ޖަމިއްޔަތުއް ސަލަފުގެ ދައުރެއް އޮތްތޯ ބެލުމަށްވެސް މަޖިލީހުގެ ކޮމެޓީން މިހާރު ދަނީ ބަލަމުންނެވެ.

comment ކޮމެންޓް