ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ރިޝީ އާއި ނީތޫ އެކުގައި ސްކްރީނުން

ރިޝީ ކަޕޫރު އާއި އޭނާގެ އަންހެނުން ނީތޫ ސިންހް---

ބޮލީވުޑްގެ ކާމިޔާބު ޖޯޑު ރިޝީ ކަޕޫރާ އޭނާގެ އަންހެންނުން ނިތޫ ސިންހް އެކުގައި އަލުން ސްކްރީނުން ފެންނަން އުޅޭ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ހަތްދިހައިގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ގަދަޔަށް ފިޔަޖަހާލި އެދެތަރިން ފަސް އަހަރު ދުވަހު އެކުގައި ސްކްރީނުން ނުފެނިހުރި ކުޅޭ ފިލްމަކީ ބެންގާލީ ފިލްމު "ބޭލާ ސެޝޭ" އެވެ.

ފިލްމުގެ ހިންދީ ރީމޭކް ހަދާއިރު އެ ފިލްމު ޕްރޮޑިއުސްކުރަނީ ރިލައަންސް އިންނެވެ. އެ ފިލްމަކީ ފެމެލީ ޑްރާމާއެކެވެ. އެ ފިލްމަކީ 50 އަހަރުވީ ކައިވެންޏަށް ހަތަރު ދަރިން ލިބިފައި ވަނިކޮށް ވަކިވާ ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ނީތޫ އާއި ރިޝީ އެންމެ ފަހުން ފެނިގެންދިޔައީ ދެމަފިރިންގެ ދަރިފުޅު ކާމިޔާބު ބަތަލު ރަންބީރު ކަޕޫރާއެކު "ބޭޝަރަމް"އިންނެވެ. ދެތަރިން އެކުގައި އެންމެ ފުރަތަމަ ފިލްމެއް ކުޅުނީ 1974 ގައެވެ. އެއީ "ޒެހްރީލާ އިންސާން" އެވެ.

ފިލްމު ބޭޝަރަމްގައި ނީތޫ އާއި ރިޝީ ކުޑަރޯލެއް ވަނީ ކުޅެފަ އެވެ. އެދެތަރިން އެންމެފަހުން ލީޑު ރޯލެއް ކުޅުނީ މީގެ 39 އަހަރުކުރިން 1980 ގައި ނުކުތް "ދަން ދައުލަތު"ގަ އެވެ.

comment ކޮމެންޓް