ރާއްޖޭގެ އެންމެ ކުލަގަދަ ދުވުމުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން

އުރީދޫ ކަލާ ރަންގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އުރީދޫ ކަލާ ރަންގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފި އެވެ.

މިމަހުގެ ފަހުކޮޅުގައި ބާއްވާ ކަލާ ރަންގެ މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސީ އިއްޔެ އުރީދޫ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ ކަލާ ރަންގެ ހަރަކާތްތައް ފަށަން ރާވާފައިވަނީ މި މަހުގެ 29 ވާ ހުކުރު ދުވަހު އެވެ.

ކަލާ ރަންގެ އެންމެ ފުރަތަމަ ހަރަކާތަކީ ހުކުރު ދުވަހުގެ ހެނދުނު 8:00 - 10:00 އަށް ބާއްވާ "އުރީދޫ މޫދު އުފާ" އެވެ.

އެ ދުވަހުގެ ހަވީރު 4:00 - 6:00 އަށް "އުރީދޫ ގުޑި މަހާސަމާ" ބާއްވާއިރު، ކަލާ ރަން އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:30 އިން ހަވީރު 6:00 އާ ހަމައަށެވެ.

ކަލާ ރަންގެ އެންމެ ފަހު ހަރަކާތަކީ ހޮނިހިރު ދުވަހުގެ ރޭ 8:30 - 12:30 އަށް ކުރިއަށްގެންދާ "އުރީދޫ މިއުޒިކް ފެސްޓިވަލް" އެވެ.

comment ކޮމެންޓް