ވަޅިން ހަމަލާދީ މާރާމާރި ހިންގި ދެމީހަކު ތިނަދޫ އިން ހައްޔަރުކޮށްފި

ގދ ތިނަދޫ ---

ވަޅިން ހަމަލާދީ މާރާމާރި ހިންގި ދެމީހަކު ގދ ތިނަދޫ އިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 11:00 އެހާކަން ހާއިރު ތިނަދޫގައި 25 އަހަރުގެ ފިރިހެނެއްގެ އަތަށް ދެ މީހަކު ވެގެން ވަޅިން ހަމަލާދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރިއާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް