އުރީދޫ ކަލާ ރަންގެ ޗެރިޓީ ޕާޓްނަރަކަށް މޯލްޑިވްސް ޑެފް އެސޯސިއޭޝަން

މި މަހު ބާއްވާ އުރީދޫ ކަލާ ރަންގެ ޗެރިޓީ ޕާޓްނަރަކަށް މޯލްޑިވްސް ޑެފް އެސޯސިއޭޝަން ހަމަޖައްސައިފިއެވެ.

އުރީދޫއިން ބުނީ ޗެރިޓީ ޕާޓްނަރަކަށް ޑެފް އެސޯސިއޭޝަން ހަމަޖެއްސުމުން އެ ހަރަކާތް ހިންގައިގެން ލިބޭ ފައިސާއިން ވަކި ޕަސެންޓޭޖެއް އެ ޖަމިއްޔާއަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ކަލާ ރަންގެ ބައިވެރިންނަށް އެ އިވެންޓުގެ ތެރެއިންވެސް ޑެފް އެސޯސިއޭޝަނަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް ޑެފް އެސޯސިއޭޝަނަކީ އަޑުއިވުމުގައި ދަތިތަކެއް ހުންނަ ފަރާތްތައް، މުޖުތަމައުގައި ބާރުވެރި ކުރަން 2008 ވަނަ އަހަރުން އުފެއްދި ޖަމިއްޔާއެކެވެ.

އުރީދޫ ކަލާ ރަން އިވެންޓުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތްތައް ފަށާނީ މި މަހުގެ 29 ވާ ހުކުރު ދުވަހުގައެވެ. އަދި ކަލާ ރަން އޮންނާނީ 30 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް