ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި

"ދިވެހި އެންމެންގެ ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުން -- ފޮޓޯ: އިލެކްޝަންސް

"ދިވެހި އެންމެންގެ ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

ދިވެހި އެންމެންގެ ޕަޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން ނިންމި އިރު ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނަވާ އުފައްދަވާފައިވާ އެމްއާރުއެމް ރެޖިސްޓްރީކޮށްދިނުމަށް އިލެކްޝަންސް އިން މިއަދު ވަނީ ނިންމައިފަ އެވެ.

ޕާޓީ ހަދަން ހުއްދަ ދިނުމުން، ހުއްދަ ދިން ފަރާތުން ދެން ޖެހޭނީ 3000 މީހުންގެ ސޮއި ހަމަ ކުރާށެވެ. ސޮއި ހަމަ ކުރުމުން، ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަން ފުރުސަތު ދެވޭނެ އެވެ. އެ ޖަލްސާގައި ނިންމާ ކަންތައްތައް އީސީއަށް ހުށަހެޅުމުން، މައްސަލައެއް ދިމާ ނުވާ ނަމަ އީސީއިން ޕާޓީ ރެޖިސްޓްރީކޮށްދޭނެ އެވެ.

ރާއްޖޭގައި މިހާރު ރެޖިސްޓްރީކޮށްގެން ހިންގާ ޕާޓީތަކުގެ އަދަދަކީ ނުވަ އެކެވެ. މީގެ އިތުރުންވެސް ސިޔާސީ ޕާޓީތައް އުފެއްދުމަށް އިލެކްޝަންސް އިން ވަނީ ހުއްދަ ދީފަ އެވެ.

comment ކޮމެންޓް