ޕޮޗެޓީނޯ ވަކިކޮށް ޓޮޓެންހަމްގެ އައު ކޯޗަކަށް މޮރީނިއޯ

ޓޮޓެންހަމްގެ ކޯޗުަކަމާ ހަވާލުވި ހޯސޭ މޮރީނިއޯ --- ފޮޓޯ// ސަޗާ ޕިސަނީ

ޓޮޓެންހަމްގެ ކޯޗަކަށް ހުރި މޯރީސިއޯ ޕޮޗެޓީނޯ މަގާމުން ދުރުކޮށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެ ޓީމުގެ އައު ކޯޗުގެ މަގާމަށް ހަމަޖައްސައިފި އެވެ.

ޓޮޓެންހަމުން ވޭތުވެ ދިޔަ ސީޒަނުގައި ހޯދި ކާމިޔާބީއަށްފަހު އެ ކުލަބުގެ ކޯޗުގެ މަގާމުގައި ހުރި ޕޮޗެޓީނޯއަށް އެ ކުލަބުން ވަނީ ތައުރީފުގެ ބަސްތައް އަމުނާލައިފަ އެވެ. ނަމަވެސް މި ސީޒަން ފެށިގެން އަދި މާ ގިނަ ދުވަސްތަކެއް ނުވަނީސް ކުއްލި ގޮތަކަށް އެ މަގާމުން އޭނާ ވަނީ ދުރުކޮށްފަ އެވެ. އެއަށްފަހު އެންމެން ހައިރާން ކޮށްލައި މަގާމާ އެ ހަވާލުވީ "ދަ ސްޕެޝަލް ވަން" މޮރީނިއޯ އެވެ.

މޮރީނިއޯ އަކީ މީގެ ކުރިން އަޔެކްސް، އިންޓަ މިލާން، ރެއާލް މެޑްރިޑް، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން ވެސް ކޮށްފައިވާ ފުޓުބޯޅައިގެ ތަޖުރިބާކާރު ކޯޗެކެވެ. ނަމަވެސް އޭނާ އެންމެ ފަހުން ކޯޗުކަން ކޮށްދިން ޔުނައިޓެޑްގެ ކޯޗުކަމުން އޭނާ ވަކި ކުރުމާ ގުޅިގެން މޮރިީނިއޯ ވަނީ ގައުމީ ޓީމެއްގެ ކޯޗަކާއި ހަވާލުވުމަށް ޝައުގުވެރިވާކަން ހާމަކޮށްފަ އެވެ.

"ވަރަށް ވެސް ހިތްހަމަ ޖެހިފައި މިހުންނަނީ މިފަދަ ބޮޑު ތާރީހަކާއި ސަޕޯޓަރުންތަކެއްގެ ވެރިނ ކުލަބަކާ ހަވާލުވެވުނީމަ. ޓީމުގެ ކުޅުންތެރިންނާއި އެކެޑެމީތަކުގެ ކުޅުންތެރިންގެ ހުނަރަަކީ އަހަރެން މިކުލަބަށް ޝައުގުވެރިވ ސަބަބު. ކުޅުންތެރިންނާ އެކު މަސައްކަތް ފަށައިގަތުމަަށް މިހުންނަނީ ކެތްމަދުވެފަ." މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވުމަށްފަހު ބުންޏެވެ.

އުމުރުން 56 އަހަރުގެ މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވެފައި ވަނީ 2023 ގެ ނިޔަލަށެވެ. އޭނާ އެ ޓީމާ ހަވާލުވި އިރު މިވަގުތު އެ ޓީމު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ 14 ވަނައިގަ އެވެ. އެހެން ކަމުން މޮރީނިއޯއަށް މި ފުރުސަތަކީ އޭނާގެ ފެންވަރު ދައްކާލުމަށް ރަނުގެ ފުރުސަތެއް ކަމަށް އޭނާ ދެކެ އެވެ.

comment ކޮމެންޓް