ފެޝަންގައި އެންމެ ނުފޫޒު ގަދައީ، ޓިމަތީ އާއި މޭގަން!

ޓިމަތީ ޝަމަލޭ އާއި މޭގަން މާކެލް ---

މަޝްހޫރު އެކްޓަރު ޓިމަތީ ޝަމަލޭ އާއި ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް އަކީ މި އަހަރުގެ ފެޝަންގެ އެންމެ ނުފޫޒުގަދަ ސަހުސިއްޔަތުންނަށް ވެއްޖެ އެވެ.

މޭގަން އާއި ޓިމަތީ މިއަހަރުގެ ފެޝަން އައިކަން އަކަށް ވެފައިވާކަން އެނގިފައިވަނީ ފެޝަން ސާޗު ސައިޓެއްކަމަށްވާ "ލިސްޓް" އިން އެއްކޮށްފައިވާ ތަފާސް ހިސާބުންނެވެ.

ލިސްޓްގައި 104 މިލިއަން އޮންލައިން ވިޔަފާރިކުރާ ފަރާތްތައް އާންމުކުރި މައުލޫމާތަށް ބިނާކޮށް ޓިމަތީ އާއި މޭގަން ވަނީ ފެޝަންގައި އެންމެ ނުފޫޒުގަދަ ސަހުސިއްޔަތުންނަށް ވެފަ އެވެ. ފެޝަންގެ އެންމެ ނުފޫޒު ގަދަ ސަހުސިއްޔަތުން ހޮވަނީ ފަންނާނުންގެ ހެދުން އެޅުމުގެ ގޮތްތައް ބަލައި އެގޮތްތަކަށް ބިނާކޮށް އޮންލައިން ވިޔަފާރިކުރުމުގެ ސަބަބުން އެފަދަ ޑިޒައިންތަކުގެ ޑިމާންޑު ބޮޑުވާ މިންވަރަށް ބަލާފަ އެވެ.

މިއަހަރުގެ ލިސްޓުގެ އެންމެ ބޮޑު ޑިމާންޑެއް ފެނިފައިވަނީ ޓިމަތީ އާއި މޭގަންގެ ހެދުން އެޅުމުގެ ޑިޒައިންތަކަށެވެ. އެގޮތުން މިއަހަރުގެ މެޓް ގާލާގައި ޓިމަތީ ލައިގެން ހުރި ބިބް އަދި ހުޑީ އަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

އަދި ޕްރިންސް އާއި މޭގަންގެ ކައިވެނީގައި ތުރުކުރައްވައިގެން ހުންނެވި ޜިވާންޝީގެ ހެދުމާއެކު އޭނާވެސް ވަނީ ލިސްޓުގެ އެންމެ މައްޗަށް އަރާފަ އެވެ.

ހެދުންއެޅުމަށް އެންމެ ކަމުދާ ގެންގުޅޭ ފަންނާނުންގެ ލިސްޓުގައި މަޝްހޫރު އެކްޓަރު ޒެންޑާޔާ އާއި ލަވަކިޔުންތެރިޔާ ބިލީ އައިލިޝްވެސް ހިމެނެ އެވެ.

comment ކޮމެންޓް