ފިރިމީހާ އަޖޭ އާއެކު ކާޖޮލް ފެނިގެންދާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ކާޖޮލް އާއި ފިރިމީހާ އަޖޭ---

ބޮލީވުޑްގެ ކާމިޔާބު ތަރިން ކަމަށްވާ ކާޖޮލް، އަޖޭ ދޭވްގަން އަދި ސައިފް އަލީ ހާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޕޯސްޓަރެއް އާންމުކޮށްފި އެވެ.

ފިރިމީހާ އަޖޭ އާއެކު ގިނަ ދުވަސްތަކަކަށްފަހު ކާޖޮލް ފިލްމަކުން ފެނިގެންދާއިރު ފިލްމުގެ އާންމުކުރި ފުރަތަމަ ޕޯސްޓަރުގައި ފެނިގެންދަނީ ބަތަލާ ކާޖޮލް އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާ ގޮތް ޕޯސްޓަރުން ފެނިގެންގޮސްފައިވެ އެވެ.

އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ އެ ފިލްމު ސިނަމާތަކުގައި ރިލީޒްކުރާނީ އަންނަ އަހަރު ޖަނަވަރީ 10ގަ އެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލްމުގެ ޓްރެއިލާއަށް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑެވެ.

comment ކޮމެންޓް