އަކްޝޭގެ "ގުޑް ނިއުސް"ގެ ޓްރެއިލާ އާންމުކޮށްފި

އަކްޝޭ އަދި ކަރީނާ ----

އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ "ގުޑް ނިއުސް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އެ ފިލްމު އަޅުވާނީ އަންނަ މަހުގެ 27 ވަނަ ދުވަހުއެވެ. ކުރިން މި ފިލްމު އަޅުވަން ނިންމީ މިދިޔަ ސެޕްޓެމްބަރ މަހުގެ ހަވަނަ ދުވަހު އެވެ.

"ގުޑް ނިއުސް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ދެމަފިރިންގެ ދިރިއުޅުމުގެ މައްޗަށެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ ރާޖް މެހެތާއެވެ.

އެ ފިލްމަކީ މަޖާ ފެމެލީ ޑްރާމާއެކެވެ. އަކްޝޭ ލީޑުން ފެނިގެންދާއިރު އަންހެން ލީޑުން ފެނިގެންދާނީ ކަރީނާއެވެ. އޭގެ އިތުރުން، "ގުޑް ނިއުސް" ގައި މުހިންމު ރޯލުތަކުން ދިލްޖީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ވެސް ފެންނާނެއެވެ. އަދި ކަރީނާގެ ދަރިފުޅު ތައިމޫރު ވެސް ހާއްސަ ފެނިލުމަކުން ފެނިގެންދާނެއެވެ.

ހެއްވާ މަޖާކަންތައްތަކެއް ޓްރެއިލާއިން ފެނިގެންދިޔައިރު ކްރިޓީކުން ބުނަނީ ފިލްމަކީ ރަނގަޅު މަސައްކަތެއްކަމަށް އުންމީދުކުރާ ކަމަށެވެ.

comment ކޮމެންޓް