ފިރިހެނުންގެ ދުވަހުގައި، އެމްޑަބުލިއުއެސްސީއިން ފިރިހެނުންގެ އަގުވަޒަންކޮށްފި

އެމްޑަބްލިއުއެސްސީގައި ފިރިހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން--- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގައި ފިރިހެނުންގެ ދުވަސް ފާހަގަކޮށް އެމީހުންގެ އަގުވަޒަންކޮށްފިއެވެ.

މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީގެ ޕާކިން ލޮޓްގައި އެކަމަށް ވާނީ ހާއްސަ ކުޑަ ހަފްލާއެއްވެސް ބާއްވައިފައެވެ. އަދި އެ ހަފްލާއިގައި ހާއްސަ ކޭކެއްވެސް ވަނީ ފަޅައިފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ ފިރިހެން މުވައްޒަފުންނަކީ ވަރަށް ބުރަކޮށް ވަރަށް ގިނައިރު މަސައްކަތްކުރާ މުވައްޒަފުންތަކެއްކަމަށެވެ. އަދި އެ ކުންފުނިން ދޭ މުހިންމި ހިދުމަތްތަކުގައި އެމީހުންގެ ހިއްސާ ވަރަށް ބޮޑަށް އެކުލެވޭކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ހަފްލާއިގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްވަނީ އެ ކުންފުނިން ރައްކާތެރިކަމާއެކު ފޯރުކޮށްދޭ ފެނާއި ނަރުދަމާގައި ފިރިހެން މުވައްޒަފުންގެ ރޯލް ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

ފިރިހެނުންގެ ދުވަހާ ގުޅިގެން އެމްޑަބްލިއުއެސްސީން ވަނީ އޭޑީކޭއާ ގުޅިގެން ފިރިހެނުންގެ ހަކުރު ހުރި މިންވަރާއި ލޭގެ ޕްރެޝަރާއި އަދި ލޮލޮގެ ޗެކަޕްހެދުމަށް ކޭމްޕެއްވެސް ބާއްވައިފައެވެ.

އޭގެ އިތުރުން މިއަދު ފިރިހެނުންގެ ބަރުދަނާ ގުޅޭ ގޮތުން ހަދާ ބޮޑީ މާސް އިންޑެކްސް ހެދޭނެގޮތް ބެލުމުގެ އިންތިޒާމްވެސް ކޭމްޕްގައި ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް