ޑީކޯވެގެން ފަރުވާ ދެމުންދާ ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެންނަނީ

އެމްއެންޑީއެފްގެ ހެލިކޮޕްޓަރު: ޑީކޯވި ދެ މީހަކު އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި މިރޭ މާލެ ގެނައުމަށް ވަނީ ހަމަޖެހިފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޑައިވިން ކުރުމުގެ ތެރޭގައި ޑީކޯ ވެގެން ފަރުވާ ދެމުން އަންނަ ދެ ދިވެހިން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެ ދެ މީހުނަށް ފަރުވާދެމުން އަންނަނީ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައެވެ.

އެމްއެންޑީއެފުން ބުނީ، ޑީކޯވެގެން ފަރުވާ ދެމުން އަންނަނީ އުމުރުން 27 އަހަރާއި 39 އަހަރުގެ ދެ ދިވަހިން ކަމަށެވެ. އަދި އެ ދެ މީހުން ގޮވައިގެން އެމްއެންޑީއެފްގެ ހެލިކޮޕްޓަރު މިރޭ 1:45 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސޭނެކަމަށް އެ ތަނުން ބުނެއެވެ.

ވައިފުޅި އަޅައިގެން ޑައިވްކުރަން އުޅުމުގެ ތެރޭގައި ރައްކާތެރިކަން ކުޑަވުމުގެ ސަބަބުން ޑީކޯގެ މައްސަލަ ދިމާވުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އަދި އެކަމުގެ ސަބަބުން ބައެއް ޑައިވަރުން ނުރައްކާތެރި ހާލަތަކަށް ގޮސް ބައެއް ގުނަވަންތަކާއި ހަށިގަނޑުގެ ބޮޑު ބައެއް ވާގި ނެތުމުގެ މައްސަލަ ދިމާވެއެވެ.

comment ކޮމެންޓް