ގޯލްޑް 100 ގާލާގެ އެކްސްކްލޫސިވް ރިއަލްއެސްޓޭޓް ޕާޓްނަރަކަށް ޖާހް

"ގޯލްޑް 100" ގާލާގެ އެކްސްކްލޫސިވް ރިއަލް އެސްޓޭޓް ޕާޓްނަރަކަށް ޖާހް ހަމަޖެއްސުން --- ފޮޓޯ: އޯކާ

ރާއްޖޭގެ ވިޔަފާރިތަކަށްދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ގޯލްޑް 100" ގާލާގެ އެކްސްކްލޫސިވް ރިއަލް އެސްޓޭޓް ޕާޓްނަރަކަށް ޖާހް ހަމަޖައްސައިފި އެވެ.

މިއީ މި އެވޯޑުގެ ޕާޓްނަރަކަށް ޖާހު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ޕާޓްނާޝިޕް އެއްބަސްވުމުގައި ޖާހުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޖަހުދާން ޖައުފަރެވެ. ގޯލްޑް 100 އެވޮޑުދޭ ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ މަޖައްލާ ނެރޭ އޯކާ މީޑިއާ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ސަނީ އުމަރެވެ.

ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރީގައި އެންމެ ފާހަގަކުރެވޭ 100 ވިޔަފާރި ފާހަގަކޮށް ދޭ އެވޯޑެކެވެ. މިއީ ވިޔަފާރި ރޭންކުކޮށްގެންދޭ އެވޯޑެއް ނޫނެވެ. މި އެވޯޑް ދިނުމުގައި އެންމެ ކާމިޔާބު 100 ކުންފުނި ތަރުތީބުކުރަނީ އިނގިރޭސި އޭބީސީ ތަރުތީބުންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު 100 ކުންފުނި ހޮވުމުގެ ކަންތައް ކުރިއަށްދާނީ ދެ ފުށްފެންނަ، އިންސާފުވެރި ގޮތަކަށް ކަމަށާއި ގޯލްޑް 100ގެ ގޮތުގައި ހޮވާ ކުންފުނިތަކަކީ ރާއްޖޭގެ އެންމެ ކާމިޔާބު 100 ކުންފުނިކަން ޔަގީން ކުރާނެ އެވެ.

comment ކޮމެންޓް