އެއް އަހަރު ތެރޭ ވިޔަފާރިތަކަށް 187 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

އެސްއެމްއީ ބޭންކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރަށް އެއް އަހަރު ވީއިރު ވިޔަފާރިތަކަށް 187 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ސަރުކާރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހުގެ 27 އާއި ހަމައަށް ހަތް ދާއިރާއެއްގެ ވިޔަފާރިތަކަށް ޖުމްލަ 147 ލޯނު ވަނީ ދޫކޮށްފަ އެވެ.

ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކުގެ ތަފްސީލް:

  • ދަނޑުވެރިކަމުގެ ދާއިރާ އިން ދެ ލޯނު: 2.08 މިލިއަން ރުފިޔާ
  • ވިޔަފާރިތަކަށް 67 ލޯނު: 60.36 މިލިއަން ރުފިޔާ
  • ކޮންސްޓްރަކްޝަން ދާއިރާއަށް ފަސް ލޯނު: 10.21 މިލިއަން ރުފިޔާ
  • މަސްވެރިކަމަށް 17 ލޯނު: 23.56 މިލިއަން ރުފިޔާ
  • އައިޓީގެ ދާއިރާ އަށް އެއް ލޯނު: 998,400 ރުފިޔާ
  • އުފެއްދުންތެރިކަމުގެ ދާއިރާ އަށް 13 ލޯނު: 12.15 މިލިއަން ރުފިޔާ
  • ޓޫރިޒަމްގެ ދާއިރާ އަށް 34 ލޯނު: 69.17 މިލިއަން ރުފިޔާ
  • ދަތުރުފަތުރުގެ ދާއިރާ އަށް އަށް ލޯނު: 8.37 މިލިއަން ރުފިޔާ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރި ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަރުކާރުގެ 100 ދުވަހުގެ ތެރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބޭންކް، އެސްއެމްއީ ބޭންކު ވަނީ އުފައްދައިފަ އެވެ.

ހަ ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދުގެ އިންޓްރެސްޓު ރޭޓެއްގައި ހަތަރު ދާއިރާ އަކުން އެބޭންކުން ދަނީ ލޯނު ދޫކުރަމުންނެވެ. އަދި އަންނަ އަހަރަށް ވެސް ލޯނު ދޫކުރުމަށް ބޮޑު ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް