ކާތިކްވެސް ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި

ބޮލީވުޑްގެ ބަތަލު ކާތިކް އާރްޔަން

ބޮލީވުޑްގެ ޑިމާންޑް ބޮޑު ބަތަލު ކާތިކް އާރްޔަން 28، ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފިއެވެ.

އޭނާ ބޮލީވުޑަށް ނުކުތްއިރު ފިލްމު ކުޅެދެނީ 35 ލައްކަ ރުޕީސް އަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ ފިލްމު ކުޅެދޭ އަގު ތިން ކްރޯޑަށް ބޮޑުކޮށްފަ އެވެ. މިހާރު ބޮލީވުޑްގައި ވިދަމުން އަންނަ ކާމިޔާބު ބަތަލު ފިލްމު ކުޅެދޭ އަގަކީ ހަތް ކުރޯޑެވެ. އެއީ 973,067.20 ޑޮލަރަށެވެ.

ފަހަކަށް އައިސް އޭނާ އަންނަނީ ކާމިޔާބު ފިލްމު ތަކެއް ކުޅެމުންނެނެވެ. އަދި ފިލްމުތަކުގައި އޭނާގެ ހުނަރު ވަރަށް ރަނގަޅަށް ދައްކަމުންނެވެ.

އޭނާ މިއަހަރު އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ "ލޫކާ ޗުއްޕި"އެވެ. މި ފިލްމުވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މިހާރު ޑައިރެކްޓަރު ވަނީ މި ފިލްމުގެ ސީކުއަލް އެއް ހަދާނެކަން ވެސް އިއުލާންކޮށްފައެވެ.

ކާތިން ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މަހު ރިލީޒްކުރާ "ޕަތީ ޕަތުނީ އޯރް ވޯ" އިންނެވެ.

comment ކޮމެންޓް