މަސްވެރިކަމުގެ ދުވަހާ ގުޅިގެން އެކްސްޕޯއެއް ބާއްވަނީ

ދިވެހި މަސްވެރިިން މަސް ބޭނުމުގައި:

ކޮންމެ އަހަރަކު ވެސް ފާހަގަކުރާ މަސްވެރިކަމުގެ ދުވަހާ ގުޅިގެން މި އަހަރު އެކްސްޕޯއެއް ބާއްވަން ނިންމައިފަިއވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މިއީ މަސްވެރިކަމުގެ ދާއިރާގެ އެކިއެކި ވަޟީލަތްތަކާއި އެމަސައްކަތްތައް ކުރުމަށް ބޭނުންކުރާ
އާލާތްތައް އަދި އެ ޞިނާޢާތްތަކުގެ އުފެއްދުންތަކާއި އެޞިނާޢަތްތަކާ ބެހޭ މަޢުލޫމާތުތައް ފުޅާ ދާއިރާއެއްގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެއް ކަަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެގޮތުން އެ އެކްސްޕޯގައި މަސްވެރިކަމާ ގުޅުން ހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުސަތުލިބި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެ އެކްސްޕޯގައި ބައިވެރިވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން އާއްމުކޮށް ވަނީ އިޢުލާންކޮށްފަ އެވެ. އަދި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 28ގެ ކުރިން މިނިސްޓްރީއަށް ގުޅައިގެން އެކަމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އެދިފަ އެވެ.

comment ކޮމެންޓް