އެކްސިޑެންޓްވި ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް ޖަހައިފި

ރޭ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ

ރޭ ހުޅުމާލޭ ބަސް ޓާމިނަލް ކައިރިން ބަހަކާއި ސައިކަލެއް ޖެހި، ކުޑަކުއްޖަކު މަރުވި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ބަސް ޑްރައިވަރުގެ ބަންދަށް ހަތްދުވަސް ޖަހައިފިއެވެ.

އެމްޓީސީސީގެ އެ ބަސް ދުއްވަން އިން 54 އަހަރުގެ ދިވެހި ޑްރައިވަރު ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، އެމްޓީސީސީގެ ބަސް ޑްރައިވަރުގެ ބަންދަށް މިރޭ ހަތް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.

ރޭގެ އެކްސިޑެންޓު ހިނގީ ކުޑަކުއްޖަކާއި އޭނާގެ މަންމަ ދަތުރުކުރަމުން ދިޔަ ސައިކަލުގައި، ފަހަތުން އައި ބަސް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި މަރުވީ ކ. ތުލުސްދޫއަށް ނިސްބަތްވާ ފާތިމަތު އަންޖުމް ޝަފީގު، 13 އަހަރެވެ. އެކުއްޖާގެ މަންމަގެ ހާލު ރަނގަޅު ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ރޭ ވަނީ ބުނެފައެވެ.

https://sun.mv/127196

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު މިއަދު "ސަން" އަށް ވިދާޅުވެފައި ވަނީ، އެކްސިޑެންޓް ވީކަމަށް ޑްރަިވަރަސްވެސް ނޭނގޭ ކަމަށެވެ. އެކްސިޑެންޓްވި ކަން އެނގުނީވެސް ހައިވޭގެ މެދަ ހަމައިން ފުލުހުން އައިސް ހުއްޓުވުމުން ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ބަހުގައިވެސް އެއްވެސް ކޫރުމެއް ނެތް ކަން އޭނާ ފާހަގަ ކުރިއެވެ.

މިދިޔަ ރޯދަ މަހުވެސް އެމްޓީސީސީގެ ބަސްް ޑްރައިވަރަކަަށް ނިދި ޖެހި ޕޭމަންޓް މަތިން ހިނގާފައި ދިޔަ ޔުކްރޭންގެ ފަތުރުވެރިއެއްގެ ގަޔަށް ބަސް އަރައި އޭމާ މަރުވި އެވެ. އަދި ހަމަ އޭގެ ކުޑަދުވަސްކޮޅެއް ފަހުންވެސް ހަމަ އެމްޓީސީސީގެ ބަހެއް ކާރެއްގައި ޖެހި އެކްސިޑެންޓްއެއް ހިނގިއެވެ. ނިދި ޖެހިގެން ހިނގި މި ދެ އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު ވަޒީފާއިން ވެސް ވަކިކުރި އެވެ.

comment ކޮމެންޓް