ފްރާންސްގައި ފެށި ޔުނެސްކޯގެ އެޑިއުކޭޝަން ކޮންފަރެންސްގައި މިނިސްޓަރު

ފްރާންސްގައި ފެށި ޔުނެސްކޯގެ އެޑިއުކޭޝަން ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ފްރާންސްގައި މިއަދު ފެށި ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގައިނައިޒޭޝަން (ޔުނެސްކޯ)ގެ ޖެނެރަލް ކޮންފަރެންސްގެ 40 ވަނަ ބައްދަލުވުމުގައި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ޗެއާޕާސަން އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ބައިވެރިވެވަޑައިގެންފިއެވެ

އެ ބައްދަލުވުމުގައި މިނިސްޓަރު ތަގްރީރު ކުރެއްވުމަށް ހަމަޖެހިފަައިވާއިރު ލެވެލް ފޯރަމްތަކުގައި ބައިވެރިވެ، ޔުނެސްކޯ މޭން އެންޑް ދަ އެންޑް ބައޮސްފިއާ ކައުންސިލުގެ މެމްބަރަކަށް ރާއްޖެ ވާދަކުރުމަށް ހަމަޖެހިފައިވާތީ، އެކަމަށް ލޮބީވެސް ކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރިން ބުންޏެވެ.

އެ ބައްދަލުވުމުގެ ތެރެއިން އެކުވެރި ގައުމުތަކުގެ އެޑިޔުކޭޝަން މިނިސްޓަރުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްބޭފުޅުން އަދި ތައުލީމީ އެކްސްޕާޓުންނާއި ބައްދަލުކުރައްވާ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެފަރާތްތަކުން ރާއްޖެއަށް ފަންނީ އެހީ ހޯއްދެވުމަށް މަސައްކަތްކުރައްވައި ބައްދަލުވުމުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔުނެސްކޯގެ އެކިއެކި ބޯޑު ތަކާއި ކައުންސިލްތަކަށް މެމްބަރުން އިންތިހާބުކުރާ ވޯޓުގައިވެސް ރާއްޖެއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް