ވިލިމާލޭގައި ޖަނަވާރުންގެ ޑޮކްޓަރުންގެ ހިދުމަތް އާދިއްތަ ދުވަހު ފަށަނީ

ވިލިމާލޭގައި ހިންގާ ޖަނަވާރުންގެ ކްލިނިކް---

ވިލިމާލޭގައި ޖަނަވާރުންގެ ޑޮކްޓަރުންގެ ހިދުމަތް އާދިއްތަ ދުވަހު ފަށަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކުރިއެކޭ އެއްގޮތަށް ޖަނަވާރުންގެ ޑޮކްޓަރުންގެ ހިދުމަތް އާދިއްތަ ދުވަހުން ފެށިގެން ލިބޭނެކަމަށެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމާއި ސާޖަރީތައް ހެދިގެންދާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޖަނަވާރުތައް ޑޮކްޓަރަށް ދެއްކޭނީ ކޮންމެ އާދިއްތަ އަދި ބުދަ ދުވަހު އެވެ. އަދި ހޯމަ އަދި ބުރާސްފަތި ދުވަހަކީ ސާޖަރީ ހަދާ ދުވަސްތަކުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ސާޖަރީ ހަދަން ބޭނުންވާ ފަރާތްތަކުން ފޯމް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަަމަށެވެ.

ޖަނާވަރުންގެ ކްލިނިކް އަންގާރަ ދުވަސް ފިޔަވައި ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު އަށަކުން ދޭކަށް ހިދުމަތް ލިބޭނެ އެވެ.

ޖަނަވާރުންގެ ކްލިނިކްގެ ހިދުމަތް ފަށަން ނިންމިިއިރު އެ ކްލިނިކް ހުއްޓިފައިވާތީ އާންމުންގެ ވަރަށް ގިނަ ބައެއް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

comment ކޮމެންޓް