އޭދަފުށީގައި މަގު ހެދުމުގެ މަސައްކަތް އަލުން ފަށައިފި

އޭދަފުށީގައި މަގު ހެދުމުގެ މަސައްކަތް އަލުން ކުުރިއަށް ދަނީ--- ފޮޓޯ: އީޓީ

ބ. އޭދަފުށީގައި މަގު ހެދުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

އޭދަފުށީގެ 15 މަގެއްގައި ތާރުއަޅައި ހެދުމުގެ މަޝްރޫއު އެންމެ ފުރަތަމަ ހިންގާފައިވަނީ ކުރިން ހިންގި ކުންފުންޏެއްްކަމަށްވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އިންނެވެ.

ތިރީސް ތިން މިލިއަަން ރުފިޔާއަށް އެމްއާރުޑީސީއިން އެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. ނަމަވެސް މިދޔަ އަހަރު ރިޔާސީ އިންތިހާބާ ދިމާކޮށް އެ މަސައަތްކަތް އޮތީ މަޑުޖެހިފައެވެ. އޭރު މަގުތަކުގެ ބޮޑު ބައެއް އޮތީ ނިމިވެސްފަ އެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެ މަސައްކަތް ވަނީ މިދިޔަ އޭޕްރީލް މަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

ސައުވީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އަށް މަސް ދުވަހުން ކުރިއަށްގެންދާ ގޮތަށެވެ. އެމްޓީސީސީން ބުނީ މަސައްކަތް ލަސްވީ މަގުތަކުގެ ކުރެހުމަށް ބަދަލުުގެންނަން ޖެހުމުން ކަމަށެވެ.

comment ކޮމެންޓް