ނާސަރީ ބިމުގައި ޕާކިން ޒޯނެއް ހަދައި މަގުގައި ޕާކްކުރުން މަނާކޮށްފި

ސޯސަންމަގުގައި ކުރިން ހުރި ކުރީގެ ނާސަރީ ހުރި ބިމުގައި އަލަށްހެދި ޕާކިންގ ޒޯން--- ސަން ފޮޓޯ/ މުޒައްޔިން

މަޖީދީމަގާއި ގުލޭނޫރަންމަގާ ދެމެދު ސޯސަންމަގުގައި ހަދާފައިވާ ޕާކިން ޒޯންތައް ނަގައިފި އެވެ.

ފުލުހުން ބުނީ އެ ޕާކިން ޒޯންތައް ނެގީ ސޯސަންމަގުގައި ކުރިން ހުރި ކުރީގެ ނާސަރީ ހުރި ބިމުގައި އަލަށްހެދި ޕާކިން ޒޯން އާންމުކޮށް ޕާކުކުރުމަށް ހުޅުވާލުމާ ގުޅިގެން ކަމަށެވެ.

ސޯސަން މަގުގައި ހުރި ކުރީގެ ނާސަރީ ހުރި ބިމުގައި ޕާކިން ޒޯނެއް މާލޭގެ މަގުތަކުގައި ވެހިކަލްތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ބުނެފަ އެވެ.

މާލޭގައި ޕާކިންއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އިތުރު ޕާކިން ޒޯންތައް މިއަހަރު ވަނީ ހަދައިފައެވެ.

ސިޓީ ކައުންސިލްއިން މީގެ ކުރިން ބުނީ މުސްތަގުބަލުގައި މާލޭގައި އިންޖީނުލީ އުޅަނދު ޕާކްކުރެވޭނީ އެކަމަށް ހާއްސަ ޒޯންތަކެއްގައި ކަމަށެވެ. އަދި އެކަމަށް ފީއެއް ދައްކަން ޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ވެހިކަލްތައް މާލޭގައި ތޮއްޖެހި ޕާކްކުރާނެ ތަންނެތި އާންމުން ހިނގާބިނގާވެ އުޅުމުގައި ދަނީ ބޮޑެތި ދަތިތަކެއްވެސް ދިމާވަމުންނެވެ.

comment ކޮމެންޓް