ސައިކަލެއް ކަހާލައި ދެމީހަކަށް އަނިޔާ ވެއްޖެ

ސެނަހިޔާ ހޮސްޕިޓަލު ކައިރި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުއްވާފައި ދިޔަ ސައިކަލެއް ކައްސާލައިގެން ވެއްޓި ސައިކަލުގައި ތިބި ދެމީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ ސެނަހިޔާ ކައިރިން ދިޔަ ސައިކަލެއް ކަހާލައިގެން އެކްސިޑެންޓްވި މައްސަލައެއްގެ މައުލޫމާތު މިރޭ 11:00 ހާއިރު ފުލުހަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ސައިކަލު ކައްސާލާފައިވަނީ ސައިކަލުގެ ކުރީ ބުރަކި އޮޅިގެން ޖެއްސުމުގެ ސަބަބުން ކަމަށެވެ.

އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދެމީހުންނަށް ކަމަށާއި އެމީހުނަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް އެ ދެ މީހުންނާ ގުޅޭ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް