"ހިޗްކީ" އިން ރާނީ އަށް އެވޯޑެއް

ރާނީ އެވޯޑާ ހަވާލުވަނީ---

ބޮލީވުޑްގެ ކާމިޔާބު ތަރި ރާނީ މުކަރްޖީގެ ފިލްމު "ހިޗްކީ" އިން އޭނާ އަށް އެވޯޑެއް ލިބިއްޖެ އެވެ.

ސިންގަޕޫރްގައި ކުރިއަށްދާ ބިޒްނެސް ލީޑާސް އޮފް އޭޝިއާ ސަމިޓްގައި ރާނީ އަށް އެ އެވޯޑް ހަވާލުކުރިއިރު އޭނާއަށް ލިބުނު އެވޯޑަކީ ދެކުނު އިރުމަތީ އޭޝިއާގެ މޯސްޓް އިންފްލުއެންޝަލް ސިނެމާ ޕާސަނަލިޓީ އެވޯޑެވެ.

އެވޯޑާ ހަވާލުވުމަށްފަހު ރާނީ ބުނީ އެ އެވޯޑު ލިބުމުން އުފާވާކަމަށާއި އެ ފިލްމުގެ ރީތި ވާހަކަ މީހުން ދެއްކުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި އެ ފިލްމުގެ ސަބަބުން އިޖުތިމާއީ ގޮތުން ވަރަށް ބޮޑަށް ހޭލުންތެރިވެއްޖެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ އެ "ހިޗްކީ" އިން ރާނީގެ އިތުރުން ދެން ފެންނަނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމް އެވެ.

ކާމިޔާބު ފިލްމުގެ "ހިޗްކީ"ގެ ޑައިރެކްޓަރަކީ ސިދާތު ޕީ މަލްއުތުރާ އެވެ.

ފިލްމުން ފެނިގެންދާނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ އަންހެނަކު އޭނާގެ ހުވަފެން ފުރިހަމަ ކުރާ މަންޒަރެވެ. ރާނީ އަށް ޖެހިފައިވާ އެ ބައްޔަކީ ކުރިން އޭނާގެ ބަލިފަ އެވެ. ކެތްތެރިކަމާ އެކީ އޭނާގެ ހުވަފެން ކާމިޔާބު ކުރުމަށް ރާނީ ކަންތައްތަކަށް ކުރިމަތިލައި ކާމިޔާބު ހޯދާތަން ފިލްމުން ފެނިގެންދެ އެވެ. ދަތި އުނދަގޫ ކަންތައްތައް ކަޑައްތު ކޮށް ކުރީގެ އޭނާގެ ބަލިފައި (އޭނާ އަށް ޖެހިފައި ހުރި ބަލި) އޭނާގެ އެންމެ ވަރުގަދަ ހަތިޔާރަށް ވެގެންދާ މަންޒަރު ވެސް ފިލްމުން ދައްކުވައިދީފައިވެއެވެ.

comment ކޮމެންޓް