ލިބުނު 12 ދަރިން ވެސް މަރުވި، މަންމަ ނިޔާވެއްޖެ

ފާތުމާފުޅު -- ފޮޓޯ: ސަލީމް/ޓްވިޓާ

ލިބުނު 12 ދަރިން ވެސް ކުޑައިރު މަރުވި، ހއ. ހޯރަފުށީ ފާތުމާފުޅު ނިޔާވެއްޖެ އެވެ.

ފާތުމާފުޅު ނިޔާވީ މުސްކުޅި ބަލީގައި އުޅެމުން އިއްޔެ އެވެ. ނިޔާވި އިރު އުމުރަކީ 79 އަހަރެވެ.

ފާތުމާފުޅާއި އޭނާގެ ފިރިމީހާ ދޮހޮއްކޮ އަށް ލިބުނު 12 ދަރިން ވެސް އެކުދިންގެ ޅަފަތުގައި ވަނީ ނިޔާވެފަ އެވެ.

ފާތުމާފުޅުގެ މަރުގެ ހަބަރާ އެކު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ފާތުމާފުޅާއި އޭނާގެ ފިރިމީހާ ދޮންކޮއްކޮ(ބެ)ގެ ހަޔާތަކީ އެތައް އިބްރަތެއް ލިބޭ ހަޔާތެއް ކަމަށެވެ.

"ލިބުނު 12 ދަރިން ވެސް ވަކިވެގެން ދިޔައީ. މިއަދު ފާތުމާފުޅު ވެސް ވަކިވެގެން އެ ދިޔައީ. ދުނިޔެއަކީ މިފަދަ ވަގުތީ ތަނެއް،" ސަލީމް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެ އެވެ.

ފާތުމާފުޅު މަރުވި އިރު އޭނާގެ ފިރިމީހާ ވެސް އުޅެނީ މުސްކުޅި ބަލީގަ އެވެ. އެ ދެމަފިރިންނަކީ ލޯބިން އުޅުނު ނަމޫނާ ދެމަފިރިން ކަމަށް ހޯރަފުށީ މީހުން ބުނެ އެވެ.

comment ކޮމެންޓް