ޑާންސް ޕްލަސް ފަހެއް ދައްކަން ފަށައިފި

ޑާންސް ޕްލަސް ފަހެއްގެ ޕޯސްޓަރެއް---

ސްޓާ ޕްލަސްއިން ގެނެސްދެމުން އަންނަ އިންޑިއާގެ އެންމެ ބޮޑު ނެށުމުގެ މުބާރާތް "ޑާންސް ޕްލަސް 5"ގެ އޮޑިޝަންތައް ރޭ ދައްކަން ފަށައިފި އެވެ.

އެ ޝޯ ރޭ ސްޓާޕްލަސް އިން ދައްކަން ފަށާފައިވާއިރު ކުރީ ސީޒަންތަކުގައި ޖަޖްކަން ކުރި ޝަކްތީ މޯހަން ޖަޖިން ޕެނަލުގައި ހިމަނާފައެއްނުވެ އެވެ. ދަރްމޭޝް އާއި ޕުނިތްގެ އިތުރުން މިފަހަރު ދެ ޖަޖެން އެ ޕެނަލުން ފެނިގެން ދިޔަ އެވެ. އެއީ ކަރިޝްމާ ޗަވާން އާއި ސުރޭޝް މުކުންދު އާ އެވެ.

އޮޑިޝަންތައް ރޭ ދައްކަން ފެށި އިރު ރޭ ވަނީ އޮޑިޝަނުން ޓޮޕް 16 އަށް ދެ ބައިވެރިން ފޮނުވާލާފަ އެވެ. މިއީ ޑާންސްޕްލަސްގެ ތާރީހުގައި ވެސް އޮޑިޝަނުން ގަދަ 16 އަށް ބައިވެރިއަކު ފޮނުވާލި ފުރަތަމަ ފަހަރެވެ.

'ޑާންސް ޕްލަސް' އަކީ ބޮލީވުޑްގެ ކުޅަދާނަ ކޮރެއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ސުޕާ ޖަޖެއްގެ ގޮތުގައި ފެނިގެންދާ ޝޯ އެކެވެ.

މިދިޔަ އަހަރު އެ ޝޯ ކާމިޔާބުކުރީ އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ ޗޭތަން ސަލުންހޭ އެވެ.

comment ކޮމެންޓް